ބ.އތޮޅުގައި މަތީފެންވަރުގެ އާ ރިސޯޓެއް ހުޅުވައިފި

The-Nautilus-Maldives-rendering-pool-690x432.jpg

ބ.އަތޮޅުގައި އަނެއްކާވެސް މަތީފެންވަރުގެ އާރިސޯޓެއް ހުޅުވައިފިއެވެ.

ދަ ނައުޓިލަސް މޯލްޑިވްސް ބީޗް އެންޑް އޯޝަން ހައުސް ރިސޯޓް ގެ ނަމުގައި ބ.ތިލަދޫގައި ތަރައްގީ ކުރި މި ރިސޯޓް ހުޅުވާފައިވަނި މިދިޔަ އާދިއްތަ ދުވަހުއެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ‘ދި އެޑިޝަނުން ‘ބުނި ގޮތުގައި އެންމެ ފުރިހަމަ ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް ހުޅުވި މި ރިސޯޓުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މިތަނުގެ މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ވެސް އަމިއްލަކަން އިހުސާސްވާނެ ގޮތަށް ހަދާފައި ހުރުމެވެ.

މި ރިސޯޓުގެ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމަށް ހާއްސަ ގަޑިއެއް ނޯވެ އެވެ. އަދި ރެސްޓޯރެންޓްތަކުގައި ހާއްސަ ފިކްސް މެނޫނެއް ނޯވެ އެވެ. ރެސްޓޯރެންޓްތަކުން ގެސްޓް މީހާ ބޭނުންވާ ކޮންމެ ކާއެއްޗެއް ތައްޔާރު ކޮށްދެ އެވެ. އަދި ވަކިން ހާއްސަ ޑްރެސްކޯޑެއް ރިސޯޓަށް ހާއްސަކޮށްފައެއް ވެސް ނޯވެ އެވެ.

ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިޔަ ރިޒާވްގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 26 ބީޗް އަދި އޯޝަން ހައުސް ހުރެ އެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ ރިސޯޓަށްދާ މީހާއަށް އެ ތަނަކީ އަމިއްލަ ގޭގެ ގޮތުގައި އިހުސާސް ކުރެވޭ ގޮތަށެވެ. މި ތަންތަނުގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރީގެ ބީޗް ހައުސް ހިމެނެ އެވެ. މި ރިސޯޓުގައި ހަދާފައިވާ އޯޝަން ހައުސްތަކުގައި ޕްރައިވެޓް ސުވިމިން ޕޫލްވެސް ހުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top