ދިވެހި އަދަބިއްޔާތު، ކިޔަވައިދޭން ފަށަނީ

DSCN6309.jpg

އޭދަފުށީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން - ފޮޓޯ :އީވީ

ރާއްޖޭގެ މަދަރުސާ ތަކުގައި ދިވެހި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ނިންމައިފިއެވެ.

މި ގޮތުން އަންނަ އަހަރު ސްކޫލްތަކުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދޭން ފަށާނެކަމަށް އެއިންސްޓިޓިއުޓްގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު އަޒްރާ ތައުފީގު ބައެއް މީޑިއާތަކަށްވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކީ ސްޓޭޖް ހަތަރެއް އަދި ކީސްޓޭޖް ފަހަކަށް އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި، އަންނަ އަހަރު ދިވެހި އަދަބިއްޔާތު ތައާރަފުކުރާނެ ކަމަށާ އެހެންކަމުން މަޖުބޫރު ހަތަރު މާއްދާގެ އިތުރުން ދިވެހި އަދަބިއްޔާތު ކިޔެވުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން އެ ގްރޭޑުތަކަށް އޮންނާނެ އެވެ.

“ދަރިވަރުންނަށް އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި މި މާއްދާ އޮންނާނީ. ގްރޭޑު ނުވައަކުން ފައްޓާނީ،”އަޒްރާ ވިދާޅުވިއެވެ.

ކީސްޓޭޖް ހަތަރަކީ ގްރޭޑު 9-10 އެވެ. އެ ސްޓޭޖަށް ދިވެހި އަދަބިއްޔާތު-1 ތައާރަފްކުރަން ނިންމާފައިވާއިރު ކީ ސްޓޭޖު ފަހެއްގައި ކިޔަވައިދޭނީ އަދަބިއްޔާތު-2 ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކީ ސްޓޭޖު ފަހަކީ 11 އަދި 12 އެވެ.

އަޒްރާ ވިދާޅުވީ މި އަހަރު އަދަބިއްޔާތު ސްކޫލުތަކުގައި ކިޔަވައިދޭން ނިންމި ނަމަވެސް އެކަމަށް އެދުނީ އެންމެ ސްކޫލަކުން ކަމަށްވާތީ އަންނަ އަހަރު އެ މާއްދާ ކިޔަވަދޭން ފަސްކުރީ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މަސައްކަތުން ވަރަށް ފުރިހަމަ ފޮތްތަކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ދިވެހި އަދަބިއްޔާތުގެ ފޮތްތައް ވެސް މިހާރު ފަރުމާކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top