އުރީދޫގެ އާ ސްޓިކާޕެކް އެންމެ 19ރުފިޔާ އަށް

b_PID3x51SERigjdqKLlG8fJC1G.jpg

ވައިބަރސްޓިކާ ޕެކޭޖާއި ގުޅޭ ގޮތުން އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން _ވަން ފޮޓޯ :މުހައްމަދު އައުޒަމް

ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި އުރީދޫއިން އެތައް ހާސް ސްޓިކާ އެއް ހިމެނޭ ޕެކެޖެއް މިއަދު ތައާރަފް ކޮށްފިއެވެ.

މަހަކު އެންމެ 19 ރުފިޔާ ހޭދަކޮށްގެން މި ޕެކެޖް ޑައުންލޯޑް ކުރެވޭ އިރު އުރީދޫ އިން ބުނީ މި “ޕްރިމިއަމް ވައިބާ ސްޓިކާސް” ޚިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބާގެ ސްޓިކާ މާކެޓްގައި ހިމެނޭ އެތައްހާސް ސްޓިކާތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ބޭނުންކުރެވޭނެ ކަމަށެވެ.

މިޕެކެޖް އެކްޓިވޭޓް ކުރުމުގެ ގޮތުން ސްޓިކާ ޑައުންލޯޑް ކުރުމަށް STICKER ޖެހުމަށްފަހު 4114 އަށް ފޮނުއްވުމުން ވައިބާ ސްޓިކާ މާކެޓުން ބޭނުން ވަރަކަށް ސްޓިކާ ޑައުންލޯޑް ކުރެއްވޭނެ އެވެ.

މި ޕެކޭޖު ތައާރަފުކޮށްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫން ވަނީ މިއަހަރު ތެރޭ އެކުންފުނިން ކުރިއަށް ގެންދިޔަ އެކި މަސައްކަތްތަކަށް އަލިއަޅުވާލައިފައެވެ. އެގޮތުން ޕޯސްޓް ޕެއިޑް އަދި ޕްރީ ޕެއިޑް އާ ޕެކޭޖުތަކެއް ތައާރަފުކޮށް “އެވީ”ގެ ނަމުގައި ޑިޖިޓަލް ކެމްޕެއިނެއް މިއަހަު ފަސަފައިވާކަން ހާމަ ކުރެއްވިއެވެ. އެއާއެކު އައްޑު ސިޓީ އަދި ލާމު އަތޮޅު ހިމެނޭގޮތަށް 20 މާކެޓަކަށް އުރީދޫ ސުޕަރނެޓް ވެސް ވަނީ ތައާރަފުކުރުމާއި އުރީދޫ ކަލާ ރަންގެ އިތުރުން އުރީދޫން ވަނީ އެމޭޒަނާ ގުޅިގެން އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް އުރީދޫ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ލިބޭނެ ޕެކޭޖެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

އުރީދޫ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ވައިބާގެ ސްޓިކާ ހެޔޮ އަގެއްގައި ލިބޭނެ ގޮތް މިއަދު ތައާރަފް ކުރިިއިރު، ނިމިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ ތައާރަފްކޮށްފައެވެ.

އެމޭޒަން ޕްރައިމް ވީޑިއޯ ޚިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ ހަތް ދުވަހު ހިލޭ، އަދި އެއަށްފަހު ފުރަތަމަ ހަ މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެއްވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top