ފުނަ ހަރަކާތުގެ ބ.އަތޮޅުން 1ވަނަ ކަމަދޫ

12038411_914760698598946_6723688012051046890_n.jpg

ބ.އަތޮޅުގައި ބޭއްވި ފުނަ ހަރަކާތުގެ ތެރެއިން

މިނިވަން50 އާ ގުޅިގެން އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ ފުނަ ހަރަކާތުގައި ބ. ކަމަދޫ މުޅި އަތޮޅުން އެއްވަނަ ހޯދައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ހޯމްމިނިސްޓްރީގެ ފަރާތުން މިއަދު ޓީވީ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މުބާރާތެއްގެ ގޮތަށް ކުރިއަށް ގެންދިޔަ ފުނަ ހަރަކާތުގައި އަތޮޅުތަކުން ބައިވެރިކުރި ކުޅިވަރުތަކުގެ ތެރެއިން ކޮންމެ އަތޮޅަކުންވެސް އެއްވަނައަށް އައި ރަށް އިއުލާނު ކުރެއްވީ މިމުބާރާތް އިންސާފު ކުރެއްވުމަށް ކަނޑައަޅާފައިވާ ކޮމިޓީގެ އިސް ފަޑިޔާރު އަބްދުއްރައްޒާގް އަބްދުއްރަހްމާނެވެ.

ބ. އަތޮޅުގައި އޮތް ފުނަ ހަރަކާތުގައި އެކި ރަށްރަށުން ހުށަހެޅި އައިޓަމްތަކުގެ ތެރެއިން އެއްވަނައަށް ހޮވިފައިވަނީ ކަމަދޫން ހުށަހަޅައިދިން “ހަތަރުޕްރޮފްސްގެ މިކްސް ޑާންސް ބަނޑިޔާ” އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްމިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ މާޒް ސަލީމު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި “ފުނަ” ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަމަކު އއ.އަތޮޅުގައި އަދި އެ މުބާރާތް ނުބޭއްވޭކަމުގައެވެ. އެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ އެއަތޮޅުގައި ވެސް އަންނަ މަހުގެ 18 އާއި 19ގައި ފުނަ ކުރިއަށް ގެންދެވޭނެ ކަމުގައެވެ. އަދި އެއަތޮޅުގައި މި ހަރަކާތް ނިމުމާއެކު އެއްވަނައަށްއައި ހަރަކާތް އިއުލާނު ކުރާނެކަމުގައި ވެސް ސަލީމް ވިދާޅުވިއެވެ.

ފުނަ ހަރަކާތުގައި ބައިވެރިކުރި ކުޅިވަރުތައް ޖަޖްކުރަނީ ޖުމްލަ ހަތްކަމެއްގެ މައްޗަށް ބަހާލައިގެން ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުން 279 އައިޓަމް ހުށަހަޅާދީފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top