”ރެޑްވޭވް“ގެ 12ވަނަ ފިހާރަ ހުޅުވައިފި

large_161354389524tXnm.jpg

ރެޑްވޭވުން އަލަށް ހުޅުވި ރެޑްވޭވް ޕެވީލިއަން-- ސަން ފޮޓޯ/

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ސަލީމުގެ މަސްލަހަތު އޮންނަ ރެޑްވޭވް ކުންފުނީގެ 12ވަނަ ފިހާރަ މިއަދު މާލޭގައި ހުޅުވައިފި އެވެ.

މިއަދު ބޭއްވި ހަފްލާއެއްގައި ތިން ފަންގިފިލާގެ އެ ފިހާރަ ހުޅުއްވައިދެއްވީ ރެޑްވޭވްގެ ޗެއާމަން އަހްމަދު ސަލީމެވެ.

މާލެއާއި ހުޅުމާލޭގައިވެސް ގިނަ ފިހާރަތަކެއް މިހާރުވެސް ހިންގަމުން ރެޑްވޭވް ގެއާފިހާރަ، “ރެޑްވޭވް ޕެވީލިއަން” ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިއަދު ހުޅުވުނު މި ފިހާރައިން ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ.

ރާއްޖެ ޓީވީގެ އިމާރާތުގެ ކުރިމަތީގައި ހުންނަ މިފިހާރައިން އެކި ބްރޭންޑުތަކުގެ ބަދިގެއަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކް އާއި އިލެކްޓްރިކް ސާމާނުގެ އިތުރުން ފަރުނީޗަރު ވެސް މި ފިހާރަ އިން ލިބެން ހުރެ އެވެ.

ރެޑްވޭވްގެ އެހެން ފިހާރަތަކުން ވިއްކާ މުދާވެސް މި ފިހާރައިން ލިބެން ހުރުމާއެކު ކުރިމަގުގައި މި ފިހާރައިން ވިއްކާ ތަކެތީގެ އަގު މިއަށްވުރެ ވެސް ހެޔޮވެގެންދާނެ ކަމަށް ރެޑްވޭވް އިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top