މާލޭގައި އޮތް ހަފްލާއަކަށް ދިޔަ 35 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ

0bBR4MWaJtKfNG19z2E2.jpg

މުޅި ރާއްޖެ ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި އޮއްވާ އެޗްޕީއޭގެ އެންގުންތަކަށް ފަރުވާތެރިކަމެއް ނުބަހައްޓާ މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއެއްގައި ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށާ ގާތްގަނޑަކަށް 120 މީހުން ބައިވެރިވި މި ޕާޓީގައި 35 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި  އެންމެން މިހާރު ތިބީ ކަރަންޓީނުގަ އެވެ.

ޝީ ބިލްޑިންގައި ބޭއްވި އެ ހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ގޭގައި އެކަހެރިވެ ތިބުމަށް ދަންނަވާ ކަމަށެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top