ވަޒީފާތަކަށް ޝޯޓްލިސްޓު ކުރާ ތަރުތީބުގެ ކުރީގައި، ވެރިންގެ އާއިލީ މީހުންނާއި ވައްކަން ކޮށްދޭމީހުން ހިމެނޭ: ޑރ.ޝަހީދު

b_9nw1l1dSOqdBQP9uHncUVNXJD.jpg

ވަޒީފާތަކަށް ޝޯޓްލިސްޓު ކުރެވޭ ތަރުތީބުގެ އެންމެ ކުރީގައި، ވެރިންގެ އާއިލާގެ މީހުންނާއި ވެރިންނަށް ވައްކަން ކޮށްދޭނެ މީހުން ހިމެނޭ ކަމަށް އދ.ގެ ސްޕެޝަލް ރެޕަޓުއާ އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މުހިންމު މުވައްސަސާ ތަކުގެ އެންމެ އިސް މަގާމުތައް ބިދޭސީންނަށް ދެމުންދާ މައްސަލައިގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، ކުރީ ސަރުކާރުތަކުގެ އިސް މަގާމުތަކެއް އަދާކުރެއްވި މަރިޔަމް ވަހީދާ ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުން ޑރ. ޝަހީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ވަޒީފާއަށް ޝޯޓްލިސްޓު ކުރެވޭ ތަރުތީބުގެ އެއްވަނައިގައި ހިމެނެނީ ވެރިންގެ އާއިލާގެ މީހުން ކަމަށާއި ދެވަނައިގައި ހިމެނެނީ ވެރިންނަށް ވައްކަން ކޮށްދޭނެ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ލިސްޓުގެ ތިންވަނައިގައި ހިމެެނެނީ ޕާޓީ އެކްޓިވިސްޓުން ކަމަށާއި ހަތަރުވަނައިގައި ހިމެނެނީ ވެރިންނާއެކު ކުށުގެ ވެށީގައި އުޅެފައިވާ މީސްމީހުން ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ. އަދި ފަސްވަނައިގައި ހިމެނެނީ މަޖިލިސް މެންބަރުންގެ ގާތް މީހުން ކަމަށާއި ހަ ވަނައިގައި ހިމެނެނީ ވިލާތުގެ މީހުން ކަމަށާ އެ ލިސްޓުގެ އެންމެ ފަހަތުގައި، ހަތް ވަނައިގައި ހިމެނެނީ ވެރިންނާ އެއްދާންކުރާ މީހުން ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ ޝަހީދު މިހެން ވިދާޅުވެފައިވާ އިރު ދާދި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖައްސާފައިވާ އިރު، ރާއްޖޭގެ ޕެންޝަން އޮފީހުގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަނީ ހަމަޖައްސައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top