ބ. އަތޮޅު ހޮސްޕިޓަލް ހިންގުން ޝަކީލަށް

417738013_771153518385771_3214947968006555536_n.jpg

ބ.އަތޮޅު ހޮސްޕީތަލް ހިންގުން އޭދަފުށީ ސަކީނާ މަންޒިލް މުހައްމަދު ޝަކީލުާއި ހަވާލު ކސްފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސަސް މަގާމަށް އައްޔަން ކުރުމަށްފަހު މިއަދު އަލަށް ވަޒީފާއަށް ނުކުންނެވުމުން އަތޮޅު ހޮސްޕިޓަލުން އޭނާއަށް ވަނީ މަރުހަބާ ކިޔައިފައެވެ.

ޝަކީލުގެ ކުރިން އެމަގާމުގައި ހުންނެވީ އޭދަފުށީ ސައްކެޔޮގޭ މުހައްމަދު ރަޝީދު އެވެ. އޭނާވަނީ ކުރު މުއްދަތުގައި އަތޮޅު ހޮސްޕިޓަލަށް ވަރަށް ގިނަ ތަރައްގީއާއި ކުރިއެރުން ގެނެސްދީފައި ކަމަށް ރައްޔިތުން ބުނެއެވެ. އޭނާ މަގާމުން ވަކި ކުރެއްވީ ސިޔާސީ މަގާމަކަށްވެފައި ސަރުކާރު ބަދަލުވުމާ އެކުގަ އެވެ.

ޝަކީލު ހޮސްޕިޓަލުގެ މެނޭޖަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭން ގައި ރައްޔިތުންނަށް އެންމެ ބޮޑު ޔަގީން ކަމެއް ދެއްވި އެއްކަމަކީ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރާއިރު ތައުލީމީ އަދި ގާބިލް މީހުންނަށް ނޫނީ ވަޒިފާ ނުދެއްވާނެ ކަމުގެ ޔަގީން ކަމެވެ. އެހެން ނަމަވެސް އެކަން ހިނގަނީ އެގޮތަށް ނޫންކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top