ކުރިއަށް އޮތް ތިންދުވަސް މޫސުން ގޯސް

DSCN9667.jpg

މޫސުން ގޯސް ދުވަހެއް---އީވީ ފޮޓޯ

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް، ރާއްޖެ ހުރަސްކޮށް. އަރަބި ކަނޑަށް ޖެހެމުންދާތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓް އޮފީހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު، ރާއްޖޭގެ އެކި ހިސާބުތަކަށް، ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ފާއިތުވި ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވިއިރު، އެންމެ ގިނައިން ވާރޭވެހިފައި ވަނީ ހުޅުލެ އާއި މާލޭގެ އިތުރުން ބ. ގޮއިދޫ އަށެވެ. އެގޮތުން ހުޅުލެ އަަށް 179.7 މިލިމީޓަރުގެ ވާރޭވެހިފައިވާ އިރު މާލެ އަށް ވަނީ 118.2 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

މާލެ އަށް ކުރި ވިއްސާރާގައި ގެއްލުންވި 70 ގެއަށް 450،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top