ދެމިސްކިތަކަށް ކުޑަކަމުދިޔަ މީހާ މިސްކިތަކަށްވަދެ ޚަތިމަކަށްވެސް ކުޅުޖަހައިފި!

5fb0c401-68da-4593-8c62-a0df2d382e98.jpeg

މާލޭގެ ދެ މިސްކިތަކަށް ވަދެ ކުޑަކަމުދިޔަ މީހާއަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މިއަދު އަނެއްކާވެސް މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅުޖަހައިފިއެވެ.

އެކަން ކުރާ ތަން ފެނުމުން މިސްކިތުގައި ތިބި ބަޔަކު ރުޅިގަދަވެ އޭނާ ހިފަހައްޓައި އޭނާގެ ގައިގައި ވަނީ ތަޅައިގެންފައެވެ. އަދި ފުލުހުންނާއި ހަވާލުކުރީ އެމީހާގެ ގައިގެ އެކި ތަންތަނުގައި ޖަހާ އަނިޔާކޮށް ލޭ އަރުވާލުމަށްފަހު ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

މި ފަހަރު އޭނާ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުގެ ފުރުސަތު ލިބުނީ އޭނާއަށް ދައުވާކުރަން ފޮނުވައި، އޭނާ ދޫކޮށްލާފައި ހުރުމުން ކަމަށް ވާތީ ސަރުކާރަށްވެސް ދަނީ ފާޑުކިޔަމުންނެވެ.

ތަކުރާރުކޮށް އެފަދަ ކަމެއް ކުރަން ފުރުސަތު ލިބުމުން މިއީ އޭނާ ލައްވާ ސަރުކާރުން ކުރުވާ ކަމެއް ކަމަށެށް ބައެއް މީހުން ވަނީ ސަރުކާރުގެ ބޮލުގައި މި ތުހުމަތު އަޅުވާފަ އެވެ. އޭނާ ހައްޔަރުކޮށް ރަނގަޅު ތަހުގީގެއް ކުރަން ޖެހޭ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ހަތިމަށް ކުޅު ޖެހީ މިސްކިތުގައި އޮތް މުސައްލަ މައްޗަށް އަރައިގެން ހުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަސްޖިދުލް އިބްރާހިމް މިސްކިތަށް ވަދެ ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި އުމުރުން 40 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރުއެވެ. ނަމަވެސް އެއީ ކާކުކަމެއް ފުލުހުން ނުބުނެ އެވެ. އެމީހާގެ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެކަމަށް ފާޑު ވިދާޅުވެ ކުރި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ގެކޮޅުކަމުގައިވާ މިސްކިތްތަކަށް ވަދެ ކުޑަކަމުގޮސް، އެކަލާނގެ ކަލާމްފުޅަށް ރަތްކުޅުޖަހާ ހަދާއިރުވެސް އެކަން ކުރާ މީހާ މުޖުތަމައުން އެކަހެރިނުކޮށް، އެއް މުއައްސަސާ އިން އަނެއް މުއައްސަސާ ބަަދުނާމު ކުރަމުންދާކަމުގައެވެ.

އަދި ތަކުރާރުކޮށް އެފަދަ ކަމެއް ކުރަން ފުރުސަތު ލިބުމުން ބައެއް މީހުން ވަނީ އޭނާ ލައްވާ މިއީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ބައެއް މީހުން ތުހުމަތުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކޮށް ރަނގަޅު ތަހުގީގެއް ކުރަން ޖެހޭ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

“ރާއްޖެ އިސްލާމްވި ދުވަހުގެގޮތުގައި މިއަދު ފާހަގަކުރަމުން ދާއިރު މާތްﷲގެ ބާވައިލައްވާފައިވާ ކީރިތި ޤުރްއާނަށް އެކަލާނގެ މާތްކުރައްވާފައިވާ ގެކޮޅުގައިހުރެ ކުޅުޖެހުމުން އެކުރެވުނީ ދީނަށް ފުރައްސާރަ ކުރުމުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް ނޫންތޯ. ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުން ހޭލައިތިބެގެންމިކަން ބަލައި ޙުކުމް ކުރެވެންޖެހޭ. މުރުތައްދުވީތޯ ބަލަންޖެހޭ.” އެހެން މީހަކު ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top