މިނިސްޓްރީތައް 20 އިން 15އަށް މަދުކުރައްވައި ކެބިނެޓް އަލުން އެކުލަވާލައިފިފި

large_177617923867ZpV.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ބަދަލު ގެންނަވައި، މިނިސްޓްރީތަކުގެ އަދަދު 20އިން 15އަށް މަދުކުރައްވައިފިއެވެ.

މި ބަދަލު ގެންނެވުމުގެ ކުރިން އޮންނަނީ 22 މިނިސްޓަރުން ހިމެނޭ، ކެބިނެޓެކެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރާއި ދުވަސްކޮޅެއް ވެފައިވާއިރު، މިނިސްޓްރީތަކުގެ ޒިންމާތަކާއި މިނިސްޓަރުން ވެސް މިއަދުވަނީ ބަދަލުކުރައްވައިފައެވެ.

ކެބިނެޓަށް ބަދަލު ގެނެސްފައިވާއިރު މިއަދު ކުއްލި ގޮތަކަށް 10 ވަޒީރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އާ ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާއި އިނގިރޭސި ސަފީރު އިރުތިޝާމް އާދަމް ހިމެނެއެވެ.

މިއަދު އިރުއޮއްސުނު ފަހުން، ރައީސް ވަނީ ބައެއް މިނިސްޓްރީތަކަށް ބޭފުޅުން އައްޔަންކުރައްވައިފައެވެ. ނުވަތަ އެ މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރައްވައިފައެވެ. އެގޮތުން ހުވާކުރެއްވި ވަޒީރުންނަކީ:

  • ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  • ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
  • ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
  • އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  • އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  • ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ މިނިސްޓަރުންނާއެކު ކެބިނެޓުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު ދެ މިނިސްޓަރުންނެވެ.

މިއަދު ހުސްވި މިނިސްޓްރީތަކުގެ ތެރެއިން، ލޯކަލް ގަވަނަންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީއަށް މިހާތަނަށް ބޭފުޅަކަށް އައްޔަންކުރައްވާފައިނުވެއެވެ.

ކެބިނެޓަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލުން ހިމެނެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މީގެ ކުރިން ހިމެނުނު ލޭބާވަނީ، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

މީގެ ކުރިން އޮންނަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއެއް ނަމަވެސް، އެ ދެ ޒިންމާތައް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިހާރު އޮތީ އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީއަކާއި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top