ކުރިއަށް އޮތީ ކޮވިޑްގެ ހާލަތު ވަރަށްބޮޑަށް ގޯސްވެދާނެ ތިން ހަފުތާ: ރައީސް

big_7HiBrXtfriMeXTe6IU9FYTigD.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ---ފޮޓޯ؛ ރައީސް އޮފީސް

ކުރިއަށް އޮތީ އަނެއްކާ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑު ތިން ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނ.އަތޮޅުގެ ފަސް ރަށަކަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މިއަދު ލަންދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ހަލުވިކަމާ އެކު ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއަންޓް “އޮމިކްރޮން” އާ ގުޅިގެން، ރާއްޖޭގެ ސިއްހީ މާހިރުންނާ އެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

”ސިއްހީ މާހިރުން ލަފާ ދެއްވިގޮތުގައި ކޮވިޑްގެ އާ ވޭރިއެންޓް މިހާރު ރާއްޖެއިން ފެނިފައިވާތީ ކުރިއަށް އޮތް ތިން ހަފުތާގައި އަނެއްކާ ވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް.”ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ހުރިހާ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށާއި ސިއްހީ މާހިރުން ދެއްވާ ލަފައާއި އިރުޝާދު ތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ވެސް އަންނަނީ ފެންނަމުންނެވެ. އެކަމަކު އެ ކޭސްތައް ނިސްބަތުން އަދި ވަރަށް މަދެވެ. އަދި މިއަހަރުގެ ތެރޭގައި ކޮވިޑްގެ ނުރައްކާ ފިލުވާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އޮމިކްރޮނަށް ފުރަތަމަ ފަހަރަށް ޕޮޒިޓިވްވީ އއ. އަތޮޅު ސޭންޑީސް ބަތަލާ ރިސޯޓަށް އައި ސައުތު އެފްރިކާގެ ޓޫރިސްޓެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގަ އެވެ. އޭގެ ފަހުން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 66 ޕަސެންޓް އިތުރުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top