ރާއްޖޭގައި ކޮވިޑްޖެހޭ މީހުން އިތުރުވާން ފަށައިފި

img_md_202006210336481592735808.047.jpeg

ފޮޓޯ: އޭއީއެޗް

ކޮވިޑް-19ގެ އަލަށް ފެނުނު ވައިރަސް އޮމިކްރޯން ރާއްޖެއިން ފެނުނު ފަހުން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ ވަރަށް މައްޗަށް ދާން ފަށައިފި އެވެ.

އިއްޔެ ރާއްޖެއިން 242 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. މިއީ ވޭތުވެ ދިޔަ 3 މަސް ދުވަހަށް ބަލާއިރު ރެކޯޑް އަދަދެކެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 97 މީހަކާއި އަތޮޅުތެރެއިން 78 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 66 މީހަކު ހިމެނެއެވެ.

އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންނާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 96،294 އަށް އެރީ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،609 އެވެ. މިވަގުތު ހޮސްޕިޓަލު ތަކުގައި އެޑްމިޓު ކޮށްގެން 12 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top