ބޫސްޓާޑޯޒް ޖަހަން ބޭނުންވާ ސިރިންޖް ލިބޭނެ ދުވަހެއް އަދިިވެސްނޭނގެ

covid-19-vaccine-1600937181-1611250669.jpg

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން މީގެ ދެ ހަފްތާ ކުރިން ލިބިފައިވިޔަސް އެކަމަށް ބޭނުންވާ ސިރިންޖް ލިބޭނެ ދުވަހެއް އަދިވެސް ބުނަން ނޭނގޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

ނަމަވެސް އިތުރު ވެކްސިން ލިބުމުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމަށް ހާއްސަ ކެންޕެއިނެއް ފެށުމަށް އެޗްއީއޯސީން އޮތީ ނިންމާފައެވެ. އެ ހަރަކާތް ފެށުމަށް ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ވަނީ ފައިޒާގެ 100،620 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް އަދި ނުލިބެއެވެ.

އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދޭން ފަށަން ސިރިންޖު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރުމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ވެކްސިން ޖެހުމަށް ދުނިޔޭގައިވެސް ސިރިންޖު ލިބުމުގެ ދަތިތަކެއް އުޅޭތީ ރާއްޖެއަށް ވެސް ސިރިންޖު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

ސިރިންޖު ލިބުމުގައި ދަތިތަކެއް އުޅޭއިރު މިހާރު ބޭނުންކުރަމުން އަންނަ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާން އޮތް ތާރީހަކީ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލެވެ. ނަމަވެސް ޑިސެމްބަރުން ފެށިގެން އިތުރު ތިން މަހަށް ވެކްސިން ބޭނުންކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފަ އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،779 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 367،450 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ބޫސްޓާ ޖަހާފައިވަނީ 25،925 މީހުންނެވެ.

ބޫސްޓާ ޑޯޒް ޖެހޭނެ ދުވަހެއް އަދި ނޭނގޭއިރު މިދިޔަ ނޮވެމްބަރު މަހު އޮމިކްރޯން ވޭރިއަންޓް ފެނުނު ފަހުން ރާއްޖޭގެ ކޮވިޑްގެ ކޭސްތައް ވެސް ދަނީ އިތުރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top