ކުރިއަށް އޮތް ދެ ދުވަހުވެސް ވަރަށް ވިއްސާރަ: މެޓް

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ވިއްސާރަ ކުރާނެ ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި އުނދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދުވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައި ވެސް ގަދަވާނެ ކަމަށް ބެލެވޭ އިރު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރައްވައެވެ.

ހާއްސަކޮށް ކުރިއަށް އޮތް 24 ގަޑިއިރު އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކުރައްވައެވެ. އަދި ގަޑިއަކު 13-23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރައްވައެވެ.

މިއަދާއި މާދަމާ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މެޓުން ވިދާޅުވިއެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top