ބ. ގޮއިދޫގައި އެއް ޖިންސުން ގުޅުން ހިންގުމަށް އެ ރަށުގެ ގިނަ ބަޔަކަށް ދައުވަތު ދެމުންދިޔަ ބިދޭސީ ޓީޗަރަކު އެ ރަށުން ބޭރުކޮށްފިއެވެ.
އެ ރަށު ރައްޔިތުންގެ ބަޔަކު ނިކުމެ އެ ބިދޭސީ ފިރިހެން ޓީޗަރު އަތުލައިގަތީ އެފަދަ ދައުވަތެއް އެ ރަށުގެ މީހަކަށް ދިނުމަށްފަހު އިންތިޒާރުގައި ހުއްޓައެވެ.
އެ ރަށުގެ ރައްޔިތުންވަނީ އޭނާ އަތުލައިގަނެ ހޮނިހިރު ދުވަހުގެ ރޭ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ އެ ރަށުން ބޭރުކޮށްފައެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ބިދޭސީ އެމީހާ އެ ރަށުގެ ގިނަ ފިރިހެނުން ތަކަކަށް އެފަދަ މެސެޖުތައް ކޮށް ދައުވަތު ދީފައިހުރި ކަމަށެވެ.