ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި އޭދަފުށި މޮޅުވެ ޒޯންބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރޭ ކުރިއަށް ގެންދިޔަ މި މުބާރާތުގައި ، ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުށި، މާލެއަތޮޅުގެ ރަނަރަޕް ކާށިދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ތިނަކާއި ހަތަރެއްގެ އިތުރުން ފަހަކާއި އަށެއްގެ މެޗުތަކެވެ.
އޭދަފުށީގެ ގޯލުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ހައިސަމް ހަސަން (ބިޑި) އާއި މުހައްމަދު ފާސިރެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ.