ރައީސް ޔާމިން ޖަލަށް ލީދުވަހު ރައީސް ނަޝީދަށް ރޮވުނީ އުފަލުން: އެމްޕީ ސަލީމް

b_ZRd7uWQ3xvwtZ415vPeyNxz1F.jpg

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ --- ވަން ފޮޓޯ: މުހައްމަދު ހައްޔާން

ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދަށް ރޮވުނު ވާހަކަ ވިދާޅުވުމުން އެމަނިކުފާނަށް ރޮވުނީ ވީއުފަލެއްގެ ބޮޑުކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި އިދިކޮޅު މެޖޯރިޓީ ލީޑަރު އަހުމަދު ސަލީމުް ވިދާޅުވެއްޖެއެވެ.

ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި، ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދަށް ރޮވުނީ ވީ އުފަލެއްގެ ބޮޑުކަމުން ކަމަށް ވިދާޅުވެ، ރައީސް ޔާމީން ޖަލަށް ލާފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަން މޭރުން ވާފަދަ ގޮތަކަށް ވިދާޅުވެފައިވަނީ “ބާރަކީ ދާދީ އަވަހަށް ނެތި ހިނގައިދާނެ ކަމެއް،” ކަމަށެވެ.

އެމްޑީޕީ ހަރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިން ހައްޔަރުކޮށް، ޖަލަށްލުމުގެ ސަގާފަތަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު އެ ސަގާފަތް ދޫކޮށްލުމަށް ފުރުސަތު ލިބިވަޑައިގެން، ހިތްވަރާއެކު އެކަން ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެ ފުރުސަތު ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން އެމަނިކުފާނު ނުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން އެކަން ކުރެއްވިނަމަ މިއަދުގެ ހަގީގަތް ވަރަށް ތަފާތުވީސް ކަމަށެވެ.

“ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެއީކީއެއް ކޮންމެހެން އަޅުގަނޑު އުފާފާޅު ކުރަމުން ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތިބޭފުޅުންނަށް ފަހަރުގައި ފާހަގަވެފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުއްވުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް، އެހެންނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ! އަޅުގަނޑަށް ރޮވުނު.” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަށް އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކުރީގެ ރައީސަކު އެންމެ މިނެޓަކަށް ވެސް ޖަލުގައި ހުންނަން އެދިވަޑައިނުގަންނަވާ ކަަމަށާއި ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި އާންމު އުސޫލުތަކާއި ހަމަތައް ދަމަހައްޓައި ހިފަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވެފައިވާ އިރު، މިހާރުވެސް އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top