ފްލޯޓިން ޕްލެޓްފޯމެއް އޮޔާދާތީ، ސަމާލުވާން އެދެފި

viber_image_2022-01-02_21-25-52-130-e1641143338544.jpg

ރ. އަތޮޅުގައި އޮންނަ މާމުނަގައު ރިސޯޓްގައި ސީ ޕްލޭން ޖައްސަން ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ރޭ 19:15 ހާއިރު ކަމަށެވެ.

މިއީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއާރުސީސީން ބުނެ އެވެ.

އެހެންކަމުން މިސަރަހައްދުން ދަތުރުކުރާ އިރު މިކަމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ތަކުން  ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top