ތުޅާދޫ ދާއިރާއަށް 7 ކެންޑިޑޭޓުން ވާދަކުރޭ

ތުޅާދޫ.jpg

ތުޅާދޫ

އަންނަ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާއަށް ހަތް ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިޓީތައް ފިޔަވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ބ. ތުޅާދޫ އާއި ޅ. ނައިފަރު ދާއިރާއަށެވެ.

އީސީއިން ބުނިގޮތުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެ ސިޓީގެ މާފަންނު މެދު ދާއިރާއަށެވެ. އަދި ސިޓީތައް ފިޔަވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ތުޅާދުއާއި ނައިފަރު ދާއިރާއަށް 7 ކެންޑިޑޭޓަކު ވާދަކުރެއެވެ.

ތުޅާދޫ ދާއިރާއަށް ހަތަރު ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރައްވާއިރު ޕާޓީތަކުން ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ.

ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން:

އަމިއްލަ ގޮތުން: .ތުޅާދޫ ބޮޑުކެކުރިގޭ މުޙައްމަދު ޝަރީފް (ޝަރީ)، މ.މެޖެންޓާ ޢަބްދުލްޙަންނާން އަބޫބަކުރު، ތުޅާދޫ ކާނިމާގޭ އަޙްމަދު ތަހުލީމް، ބ.ގޮއިދޫ މޫންލައިޓްވިޔު އާދަމް ޝާފިޢު

އެމްޑީޕީ އިން: މއ. ބެެރިއަންފަރު، މުޙައްމަދު ޝަފީޤް

ދަ ޑިމޮކްރެޓްސް އިން: ތުޅާދޫ އާރު، އަޙްމަދު އަފްރާޙް،

ކޮންގްރެސް ޕާޓީ އިން: ގޮއިދޫ އާޒާދު، ޙަސަން  ނިޒާމް (ކައްޑެ)

މިއިންތިހާބުގައި މި ދާއިރާއަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި އެމްއެންޕީން އެއްވެސް ކެންޑިޑޭޓަކު ވާދައެއް ނުކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top