އޭދަފުށި ދާއިރާއަށް ފަސް ކެންޑިޑޭޓުން

DSCN2014.jpg

އޭދަފުށި---އީވީ ފޮޓޯ

އަންނަ މަހު ބާއްވަން ނިންމާފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށި ދާއިރާއަށް ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ )އަށް ނަން ހުށަހަޅުއްވާފައި ވަނީ ފަސް ކެންޑިޑޭޓުން ކަމަށް އެކޮމިޝަނުން އިއުލާން ކޮށްފިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އީސީއިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކޮންގްރެސް ޕާޓީން ވާދަކުރައްވާ، ހ. ފަށަން، އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި، އަމިއްލަ ގޮތުން ވާދަކުރައްވާ، އޭދަފުށީ މެޓްރޯވިލާ ޢަބްދުﷲ ވިސާމާއި، އެމްޑީޕީން ވާދަކުރައްވާ ދަފްތަރު. ނަންބަރު ރސ 14027/ ކ. މާލެ ޢަބްދުލްޙަމީދު މުޙައްމަދު (ހަމީދު) އާއި، ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ގ. އަޒާން، މުޙައްމަދު ނާޞިރު އާއި އަމިއްލަގޮތުން ވާދަކުރައްވާ އޭދަފުށީ ފަހިވައި، ޔާސިރު ޙުސައިން (ޔާބެ) އެވެ.

ވިހިވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ. މި އިންތިހާބު އަންނަ މަހުގެ 17 ގައި ބާއްވަން އީސީން ނިންމި ނަމަވެސް މަޖިލީހުން މިހާރު އޮތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top