ފާތިހު ވަޒީފާ އިން ވަކިކޮށްފި

DSCN4558-800x490-800x490.jpg

މުހައްމަދު ފާތިހު- އީވީ ފައިލް ފޮޓޯ

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސަރވިސް ގެ މަގާމުގައި ހުންނެވި އޭދަފުށި ވިލާޑިރޯޒް މުހައްމަދު ފާތިހު މިއަދު އެ ވަޒީފާއިން ވަކިކޮށްފި އެވެ.

ވަޒީފާއިން ވަކިކުރެއްވިކަން ޔަގީން ކޮށްދެމުން ފާތިހު ވިދާޅުވީ މިއަދު ރައީސް އޮފީހުން ގުޅާފައި ވަޒިފާއިން ވަކި ކުރެއްވި ވާހަކަ ވިދާޅުވި ކަމަށާއި މާދަމާ ވަޒީފާ އަށް ނުނުކުންނަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި ކަމުގެ ލިއުން ފޮނުވާނެ ކަމަށް ރައީސް އޮފިޙުން އެންގެވި ވިކަމަށް ފާތިހު ވިދާޅުވިއެވެ.

ފާތިހު އަށް ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރގެ ވަޒީފާ ދީފައިވަނީ މި އަހަރުގެ އޯގަސްޓްގައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ބ.އަތޮޅު ހޮސްޕިޓަލަށް އެކަށީގެންވާ ޚިދުމަތް ތަެއް ކޮށްދެއްވާފައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު