ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓެބްލެޓް ހަވާލު ކޮށްފި

0-02-06-258d01fd053e9ee3fc4474c2efb0b218e20aa18f0aeb86b911eb230cb6db51f4_f631d49c.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް. މިއަދު ހަވާލު ކުރި ޓެބްލެޓާއެކު

ދިރާސީ އަހަރުގެ ކިޔެވުން ނިމެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓެބްލެޓް ހަވާލު ކޮށްފިއެވެ.

ސްމާޓް ތައުލީމީ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޓެބްލެޓް މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަހަރު މެދު އިމްތިހާނަށް ފަހު ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީނަމަވެސް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓެބްލެޓް ހަވާލު ކުރީ މިއަދު އެވެ. އެހެންނަމަވެސް މި ޓެބްލެޓްތައް ތައުލީމީ މަރުކަޒަށް ލިބުނުތާ މިހާރު ދެމަހެއްހާދުވަސް ވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ބެލެނިވެރިންނާއި ކުދިން އުންމީދުކުރި ގޮތަށް އެހާ އަވަހަށް ހުރިހާ ކުދިންނަށް ޓެބްލެޓް ހަވާލުނުކުރެވުނީ އޭގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ. އަދި ވިދާޅުވީ، އަލަށް ފަށައިގަންނަ މި ފަދަ ބޮޑު މަޝްރޫއެއް ކުއްލިއަކަށް ފަށައިގަތުމަކީ ގޮންޖެހުން ބޮޑު އުނދަގޫ ކަމަކަށް ވާތީ ދިގުލައިގެން ދިޔައީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުދިންގެ އަތަށް ޓެބްލެޓް ދިން ނަމަވެސް، އެތަކެތި ބޭނުންކުރާ ޝެޑިއުލްއާއި ބޭނުންކުރަންވީގޮތް ނިންމާނީ އެސްކޫލަކުން ކަމުގައެވެ.

ރާއްޖޭގައި ސަރުކާރުން ހިންގާ 212 ސްކޫލް ހުރިއިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ވޭވޭ ބްރޭންޑްގެ 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖްގައި 16 ޖީބީ ހުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top