އޭދަފުށީ އެކްސިޑެންޓްތައް: އަންހެންމީހާއާއި، ކުޑަ ކުއްޖަކު އެމަޖެންސީގައި މާލެ ފޮނުވައިފި

20190509_173733.jpg

2 އެކްސިޑެންޓާ ގުޅިގެން ބ. އަތޮޅު ހޮސްޕީޓަލްގައި ބަޔަކު ހަރަކާތްރިވަނީ. އެކްސިޑެންޓްގައި އަނިޔާވި ބޮޑުމީހަކާއި، ކުޑަކުއްޛަކު ރޭވަނީ އިތުރު ފަރުވާއަށް މާލެފޮނުވާފައި / އީވީ ފޮޓޯ

އޭދަފުށީ ޒަމާނީމަގުގައި އިއްޔެ ހަވީރު ހިނގި 2 އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއާއި، ކުޑަ އަންހެންކުއްޖަކު އިތުރު ފަރުވާ ދިނުމަށް އެމެޖެންސީގައި ރޭ ދަންވަރު މާލެފޮނުވައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުންބުނީ އިތުރު ފަރުވާއަށް މިދެމީހުން މާލެ ފޮނުވަންޖެހުނީ ބ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި. އައިޖީއެމްއެޗް ޑޮކްޓަރުންނާ ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ. އެގޮތުން މާލެފޮނުވި އަންހެންމީހާގެ ވާތުފައި ހަރަކާތްކުރުމުގައި ވަރަށްބޮޑަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި ކުޑަކުއްޖާގެ ބޮލުގެ އެއްފަޅި ދުޅަވެފައިވާކަމަށްވެއެވެ.

މާލެފޮނުވި އަންހެންމީހާއަކީ ފުރަތަމަ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާއެވެ. އޭނާއަށް އަނިޔާވީ ހެލެނގެލިގޭ ކުރިމަތިން ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އެގޭ ތެރެއިން ނުކުތް ކުޑަކުއްޖާ ގައިގައި ސައިކަލުން ޖެހުމުން ސައިކަލް ކޮންޓްރޯލު ނުވެ ސައިކަލާއެކު ވެއްޓިގެންނެވެ.

ދެން މާލެފޮނުވީ 2ވަނަ އެކްސިޑެންޓްގައި ލިލީޕާކްގޭ ކަންމަތިން ދުވެފައި ދަނިކޮށް ސައިކަލްގައި ޖެހުނު ކުޑައަންހެން ކުއްޖާއެވެ. އެކްސިޑެންޓްގައި އެޑްމިޓްކުރި އިތުރު ކުޑަކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް އޭދަފުށީގައި މަދުމަދުން އެކިވަރުގެ އެކްސިޑެންޓްތައް ހިނގައެވެ. ނަމަވެސް އެއްވަގުތެއްގައި ދެ އެކްސިޑެންޓް ހިނގައި، ބޮޑު ގެއްލުމެއް ދިމާވި މިއީ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top