”ރެދަން” މައުރަޒުން އެންމެ ގިނަ ވޯޓު ލިބުނު ތުޅާދޫ މާހިރުއަށް ޔޫރަޕް ދެކޮޅު ޓިކެޓް

big_ItrMoiylhQ7qThe.jpg

ތުރުކީ އެއަރލައިންގެ ފަރާތުން މާހިރުއަށް ރަމްޒީ ޓިކެޓް ހަވާލު ކުރަނީ . ފޮޓޯ : އަވަސް އޮންލައިން

ޖެންޑަރ މިނިސްޓްރީގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި “ރެދަން2015- ފަންނުވެރި އަހަރެމެން” މައުރަޒުން އެންމެ ގިނަ ވޯޓު ލިބުނު އައިޓަމް ތައްޔާރުކުރި ބ. ތުޅާދޫ ހިންމަތް މުހައްމަދު މާހިރުއަށް ތުރުކީ އެއަރލައިންގެ ފަރާތުން ޔޫރަޕްގެ ކޮންމެވެސް ގައުމަކަށް ދިިއުމަށް ދެމީހަކަށް ދެކޮޅު ޓިކެޓް މިއަދު ހަވާލުކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މާހިރުއަށް އިނާމު ހަވާލުކޮށްދެއްވީ ތުރުކީ އެއަރލައިންގެ މެނޭޖަރ ފަހިމްބަކޯއާއެވެ.

މީގެ އިތުރުން ތިލަފުށި ކޯޕަރޭޝަންގެ ފަރާތުންވެސް ވަނީ މާހިރުއަށް 2000 ޑޮލަރުގެ އިނާމެއް ދީފައެވެ. ފައިސާގެ ޗެކް ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން މާހިރުއާ ހަވާލުކޮށްދެއްވީ އެކުންފުނީގެ އެމްޑީ. އަލީ ނާސިހުއެވެ.

މި މައުޒަރަށް މާހިރު ތައްޔާރު ކުރައްވާފައިވަނީ ތިންފޫޓް ހުންނަވަރުގެ ޔޮޓެކެވެ. ލަކުޑިން ބަނދެފައިވާ މި ޔޮޓް ގެ އިތުރުން ތިންފޫޓަށްވުރެ އުސް އައިފިލް ޓަވަރެއްވެސް މާހިރު މައުރަޒަށް ހުށަހެޅިއެވެ.

l_145724761930P4t7

ރެދަން މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މައުރަޒެކެވެ.

ޖެންޑާމިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައުރަޒުތައް ބާއާވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top