މޫނު ނިވާކޮށްގެން ތިބި ބަޔަކު ރީތި ބީޗްރިސޯޓަށްއަރައި ތިޖޫރި ފޭރިގެންފި

l_145709713032MKXu.jpg

ރޭ ދަންވަރު ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ބ.ރީތިބީޗް ރިސޯޓަށް އަރައި އެތަނުގެ ޑިއުޓީގައި
ހުރިމީހާ ބަނުމަށްފަހު ދެ ތިޖޫރީ ފޭރިގެންފިއެވެ.

މި ފޭރުމާބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ބުނީ މިކަން ހިނގާފައިވަނީ ރޭ ދަންވަރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ރިސޯޓަށްއަރައި އެތަނުގެ ރިސެޕްޝަންގައި ތިބި މުވައްޒަފުން ބަނުމަށްފަހުއެވެ.

އެރިސޯޓުން ފޭރިގެންފައިވަނީ ދެ ތިޖޫރީ ނަމަވެސް ރިސޯޓްގެ ބަހެއް ނުލިބޭތީ ތިޖޫރީގައި ހުރީ ކިހާފައިސާއެއްކަން ސާފުވާގޮތް އަދިވަނީ ނުވެފައެވެ.

މިކަން ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރުވެސް ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ހަފްތާގައިވެސް މޫނު ނިވާކޮށްގެން ތިބި ބަޔަކު ހިތާދޫ ކައުންސިލްތެރެއަށް ވަދެ އެތަނުގެ ތިޖޫރީވަނީ ފޭރިގެންފައެވެ.

އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު ކ. ފިނޮޅު ވިލާސް ރިސޯޓަށް މޫނު ނިވާކޮށްގެން ތިބި ހަތް މީހުންގެ ގުރޫޕަކުން އަރައި އެރަށުގެ މުވައްޒަފުން ތަކެއް ބަނުމަށްފަހު ހަތަރު ތިޖޫރީއެއް ވަނީ  ފޭރިގަނެގެން ވަގަށް ގެންގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top