އުރުމިލާވެސް ކައިވެނިކޮށްފި

679223.jpg

ބޮލީވުޑްގެ މެދު އުޑުގައި އިހަށްދުވަހާ ހަމައަށް ފިޔަޖަހަމުންއައި ތަރިތައް އޮއްސުމުގެ ދަތުރަށް ފަށާފައިވާއިރު މިހާރު އިވެނީ އެތަރިން ޑްރާމާގެ ދުނިޔެއިން ނުކުމެ ހަގީގީ ދިރިއުޅުމެއް ފަށާވާހަކައެވެ. ޕްރިތީޒިންތާގެ ކައިވެނީގެ ރަނގަބީލުގެ އަޑު ނުކެނޑެނީސް މިއަދުގެ އެންމެ ހޫނު ޚަބަރަކަށް ބޮލީވުޑްގައި ފެތުރެމުންދަނީ ދަނީ 90ގެ އަހަރުގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ރަންގީލާއާއި ކޯން، ސާތިޔާ، ޖަންގްލް އަދި ބޫތުފަދަ ގިނަ ފިލްމްތަކަކުން މަޝްހޫރުކަން ހޯދާފައިވާ އުރްމިލާ މާތުރްގެ ކައިވެނީގެ ވާހަކައެވެ.

އުމުރުން42 އަހަރުގެއުރްމިލާ ކައިވެނިކޮށްފައިވަނީ އޭނާއަށް ވުރެ 10 އަހަރުހަގު ކަޝްމީރީ ވިޔަފާރިވެރިއެއްކަމުގައިވާ މުހުސިން އަޚްތަރުއާއެވެ. އޭނާއަކީ ޕާޓްޓައިމް މޮޑެލެއްވެސް މެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޮލީވުޑްގެ އެއްވެސް އެކުވެރިއަކަށް ދައުވަތެއް ނުދެއެވެ.

މިކަމާބެހޭގޮތުން އުރުމިލާބުނީ އެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު ކުރިންވެސް ހަމަޖައްސާފައިވާނީ ފެމިލީއާއި ގާތް ރަހުމަތްތެރިންކޮޅަކާއެކު ވަރަށް ޕްރައިވެޓް ގޮތެއްގައި ގައި ބާއްވަންކަމަށެވެ.

ކައިވެންޏަށްފަހު ސަޕޯޓަރުންގެ ކިބައިން އެދިފައިވަނީ އެދެމީހުންގެ ޒަވާޖީހަޔާތް ބާއްޖެވެރިވުމަށް އެދި ހެޔޮ ދުއާ ކޮށްދިނުމަށެވެ.

އުރުމިލާއަކީ ވަރަށް ޅަ އާޓިސްޓެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވެފައިވާ ބަތަލާއެކެވެ. ފިލްމް މައުސޫމުގެ “ލަލްޅިކި ކާތީ”އިން ތައާރަފްވި ކުޑަކުޑަ އުރުމިލާ ބަތަލާއެއްގެ ގޮތުގައި ފުރަތަމަ ފެނިފައިވަނީ ސަނީ ޑިއޯޅްއާއެކު ފިލްމް ނަރަސިމްހާއިންނެވެ. އެއަށްފަހު އޭނާ ފިލްމީ ކެރިއަރގެ އެންމެ އުސްމިނަށް ވާސިލުވީ ރާމްގޯޕާލްވަރްމާގެ ހިޓްފިލްމް “ރަންގީލާ “އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top