ކަމަދޫގައި މިއުޒިކް ފެސްޓިވަލެއް

473644700_122117080022614431_6070411227633566401_n.jpg

ބ. ކަމަދޫގައި މިއުޒިކް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

”ކަމަދޫ އައިލޭންޑް މިއުޒިކް ފެސްޓިވަލް“ ގެ ނަމުގައި މި ފެސްޓިވަލް ބާއްވަނީ އަންނަ މަހުގެ 12އިން 14 އަށެވެ.

ފެސްޓިވަލުގައި ރާއްޖެ އާއި  ރާއްޖެއިން ބޭރުގެ އެކި ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ. މީގެ އިތުރުން ތަފާތު އެކި ވޯކްޝޮޕްތަކާއި، ބީޗު ކުޅިވަރުތަކުގެ އިތުރުން ސަގާފީ އަދި ދިވެހި އާޓިސްޓުންގެ ހުނަރުތައް ވެސް މި ފެސްޓިވަލްގައި ފެނިގެންދާނެ އެވެ.

މި ފެސްޓިވަލަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓާއި އެހެނިހެން މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް، މި ފެެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top