ބ. އަތޮޅު ކައުންސިލްގެ ރައީސް، ވަޒީރު އާދަމް ޝަރީފު އަރިހަށް

img_md_202501160251011737021061.1658.png

ބ. އަތޮޅު ކައުންސިލްގެ ރައީސް، މުހައްމަދު އަފްރާހު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރުއާއި ކްލަސްޓާ އެގްޒެކްޓިވް ޑެޕިއުޓީ މިނިސްޓަރު އިސްމާޢީލް ނާފިއުގެ އިތުރުން އަތޮޅު ކޯޑިނޭޓަރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ޚާއްޞަ ރަށެއް ނެތުމުގެ ކަންބޮޑުވުން އަތޮޅު ކައުންސިލުން ފާޅުކުރެއްވި އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ބ. އަތޮޅު ކައުންސިލަށް ހަމަޖައްސައި ދެއްވުމަށް އަތޮޅު ކައުންސިލްގެ ރައީސް އެދިވަޑައިގަތެވެ.

ބ. އަތޮޅު ކައުންސިލަށް އެ ފިނޮޅު ހަމަޖައްސަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު އާދަމް ޝަރީފު އުމަރު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top