އެއްބުރުން ވެރިޔަކު ހޮވޭގޮތަށް ވޯޓު ނިޒާމު ބަދަލުކުރަނީ

llop.jpg

ރައީސް މުއިއްޒު - ފޮޓޯ/ރައީސް އޮފީސް

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ، ރިޔާސީ އިންތިޚާބުތަކުގައި ދެވަނަ ބުރަކަށް ނުގޮސް، އެންމެ ބުރަކުން ވެރިޔަކު ކަނޑައެޅޭހެން ވޯޓުލާ ނިޒާމު ބަދަލުކުރުމަށް ބޭނުންފުޅުވާތީ އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަހާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއްބުރުން ވެރިއަކު ކަނޑައެޅުން ކަމަށެވެ.

މިގޮތުން، އެ ނިޒާމަށް އަމަލުކުރުމަށް މިހާރު ވެސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށާއި އެ ކަމަށް ރައްޔިތުންގެ ވޯޓަކަށް އަހާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ނިޒާމަށް ބަދަލުކުރަން ރައްޔިތުން ގަބޫލުކަމަށްވާނަމަ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން އެއްބުރުން ވެރިއަކު ހޮވޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށާއި އެކަން ކުރުމުން ޚަރަދު ވެސް ކުޑަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އާބާދީގެ ގޮތުން މިހާ މަދު ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށް ބޭއްވުމެވެ.

އެ ދެ އިންތިޚާބާ ދެމެދުގައި އޮންނަނީ ދެ ތިން މަސް ކަމަށްވާއިރު، ދެ އިންތިޚާބު ވަކިކޮށް ބޭއްވުމުން ދައުލަތުން ބޮޑު ޚަރަދެއް ހިނގާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އެކަމުގައި އެމަނިކުފާނު އަމިއްލަފުޅަށް ގޮތެއް ނުނިންމޭނެތީ ރައްޔިތުންގެ ވޯޓަކަށް އަހާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުވެސް އެއްކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވަކަމަށާއި މިކަމުގައިވެސް ގޮތެއް ނިންމާނީ ރައްޔިތުން ކައިރީ އަހާ ފެންނަ ނުފެންނަ ވޯޓަކުންކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top