މަޖިލިހަށް ރައްޔިތުން އިންތިހާބުކުރާ މެމްބަރުން ރައްޔިތުން ބޭނުންނަމަށް މަގާމުން ވަކިކުރެވޭނެ ފުރުސަތު އޮންނަންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަދުރޭވިދާޅުވީ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމުގައި ޒަމާނަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ ބަދަލުތައް ހިމަނަންޖެހޭކަމަށެވެ.
އެގޮތުން ގައުމުގެ އެންމެ އިސްވެރިޔަކަށް ހުންނަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނު އަސާސީން ފަހިކޮށްދީފައިވާއިރު ރައްޔިތުން އިންތިހާބުކުރާ މެމްބަރުން މަގާމުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ ޒަމާނަށް ފައިހަމަކުރާ އުސޫލެއް ނޫންކަމަށެވެ.
އެހެންކަމަުން ރައްޔިތުން އައްޔަންކުރާ ކޮންމެ މަގާމެއްގައި ހުންނަ މީހަކު، ރައްޔިތުން ބޭނުންވެއްޖެނަމަ ދުރުކުރެވޭނެ ފުރުސަތު ގާނޫނުން އޮންނަން ޖެހޭކަމަަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މުހިންމު ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ މުހިންމު ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ހިނގަމުންދާ 20 ވަނަ މަޖިލިހުން ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް ނިންމުށާއި ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުވެސް އެއްކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި މިކަމުގައިވެސް ގޮތެއް ނިންމާނީ ރައްޔިތުން ކައިރީ މަޖިލީހުން ގޮތެއް ނިންމަން ހުށައަޅުއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވިއެވެ.