އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

big_IE9oxGrQYTrhha8UspEHAlbdY.jpg

މިދިޔަ އޮކްޓޯބަރާއި ނޮވެމްބަރު މަހު ހެދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށާއި ނަމަވެސް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ ޑިޕާޓްމަންޓުން ކަމަށެވެ.

އެޑެކްސެލް އާއި ކެމްބްރިޖް އަދި ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ އެޗްއެސްސީ، ޖުމްލަ 4،293 ދަރިވަރުން ހަދާފައިވެ އެވެ. އެޗްއެސްސީ ޓެސްޓު 1،663 ދަރިވަރުން، އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި 3،842 ދަރިވަރުން ހަދާފައިވެ އެވެެ. ކޭމްބްރިޖް އޭ ލެވެލް އިމްތިހާނުގައި 443 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ ތެރެއިން ފާސްވާ ޕަސެންޓް އަދިވެސް 50 ޕަސެންޓަށް ނާރާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top