ކައުންސިލަރުން ވަކިކުރުުމުގެ ބާރުވެސް މަޖިލީހަށް ?!

ބބބބ-1.jpg

ދިވެހިރާއްޖޭގެ ރަށްރަށް ލާާމަރުކަޒީ ނިޒާމަކުން ހިންގުމުގެ އުސޫލުގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލަރުން ނާއި މޭޔަރުން ، ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

އެ ގާނޫނަށް މި އިސްލާާހު ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިންނެވެ. ގާނޫނަށް އިސްލާހު ހުށައެޅުއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

އެ އިސްލާހުގައި ބުނަނީ ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާނުކުރާކަމަށް އެލްޖީއޭއަށް ފެނިއްޖެ ހާލަތެއްގައި އެ ފަރާތެއް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭގެ ފަރާތުން ހުށައެޅިދާނެއެވެ. މިގޮތަށް އެލްޖީއޭއަށް ހުށައެޅޭނީ ބޯޑު މެންބަރުންގެ ތެެރެއިން ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައިވެއެވެ.

އެލްޖީއޭއަށް ކައުންސިލަރަކާއި ގުޅިގެން މައްސަލައެއް ހުށައެޅިއްޖެ ހާލަތެއްގައި އެ މައްސަލަ ބެލުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލަން ޖެހޭނެކަމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ. އަދި އެ އިންކުއަރީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން ކައުންސިލަށް އެންގުމަށްފަހު ރަނގަޅު ނުކުރާނަމަ އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ހިމަނާފައެވެ.

ލާާމަރުކަޒީ ގާނޫނަށް ގެނައުމަށް ވިސްނަމުންދާާ މި އިސްލާހުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބާރުވެރިކަން ކުޑަވެ، ގާނޫނު ހަދާ ބާރުގެ ނުފޫޒު ފޯރާނެކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހަމައެއާއެކު ކައުންސިލަރުންނަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ބައެއްކަމަށް ވާއިރު ރައްޔިތުންނަށްވުރެ މަޖިލީހުގެ ބާރު ގަދަވެގެންދާކަމަށް ބުނެ އެކަމުގެ ކަންބޮޑުވެސް ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top