ކިހާދޫގައި ހިލޭ ކިޔަވައިދޭ ކެމްޕަސްއެއް ހުޅުވަން ތައްޔާރުވެއްޖެ

0VWAn4_RanaAC1.jpg

ދިވެހި ޒުވާނުން މަސައްކަތްތެރިކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ކޯސްޓްލައިން އިންވެސްޓްމަންޓްގެ ފަރާތުން ކިހާދޫގައި ހިލޭ ކިޔަވައިދޭ ކެމްޕަސް އެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި ހުޅުވާ މި ކެމްޕަސް އަންނަ ޖެނުއަރީ މަހު ހުޅުވުމަށް އަމާޒުހިފާފައިވާ އިރު އެންމެ ސަޅިކަމަކީ މިތަނުގައި ކިޔަވާ ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގާކަމެވެ. މީގެ އިތުރުން  200 ކުދިންގެ ޖާގައިގެ މިކެމްޕަހުގައި ދަރިވަރުން ހިލޭ ތިބުމަށް އެތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ ކެމްޕަހުންނެވެ.

ކޯސްޓްލައިންގެ ޕްރޮޖެކްޓު ކޯޑިނޭޓަރު މުހައްމަދު ވިޝާމް ބައެއް މީޑިއާތަކަށް މި ކެމްޕަހުގެ މައުލޫމާތު ދެމުން ވިދާޅުވީ އަންނަ ޖެނުއަރީ މަހު ފަށާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިކަމަށާ އެންމެ ފުރަތަމަ ޖާގަ ދޭނީ 50 ދަރިވަރުންނަށް ކަމަށެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ކޯސްތައް އިތުރުވާ ވަރަކަށް ޖާގަ ވެސް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކިހާދޫގެ 240000 އަކަފޫޓްގެ ބިމުގައި ހަދާފައިވާ މި ކެމްޕަސް ގައި ކިޔަވާ އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނުނަގާނެ ކަމަށާ ހުރިހާ ކަމެއް ވެސް  އޮންނާނީ ހިލޭ ކަމުގައެވެ.

“ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮންނާނެ. ދަނާލުގައި ތިބެން ބޭނުން ނުވާ ކުދިންނަށް އެ ރަށުގެ ގޭގޭގައި ވެސް ތިބެވޭނެ. “ބައެއް މީޑިއާތަކަށް ކެމްޕަސްގެ މައުލޫމާތުދެމުން ވިޝާމް ވިދާޅުވި އެވެ.

މިކެމްޕަސް ހުޅުވަނީ ތިން ކޯހަކާއެކު އެވެ. އެއީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަނާ އާއި ރެފްރިޖަރޭޓާ މަރާމާތު ކުރުމުގެ ކޯހެކެވެ.

މިއީ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ކޯސްތަކެއް ކަމަށް ވިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 15 ހަފުތާގެ މުއްދަތަށް މި ކޯސްތައް ހިންގާނީ އެކި ސެޓްފިކެޓް ލެވެލްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ހަފުތާ ކިޔެވުމުން ސެޓްފިކެޓް އެކެއް އަދި ކޯސް އެއްކޮށް ފުރިހަމަ ކުރުމުން ސެޓްފިކެޓް ތިނެއް ލިބޭނެ ކަމަށް ވިދާާޅުވި އެވެ.

ޓިވެކް ސެންޓަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީނު ޕްރޮގްރާމްތައް ދައްކައިދޭ އިޝްތިހާރެއް 

 

ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ކޯސްޓްލައިނުގެ ކެމްޕަހުގައި ފަށާ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބ. އަތޮޅުގެ ރަށްތަކުގައި މި މަހު 21 ގައި އަދި ރ. އަތޮޅުގައި 28 ގައި އޯޕަންޑޭ އެއް ބޭއްވުމަށްނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top