ޤުރުއާން ހިތުދަސްކޮށްގެން މުސްތޮފާ ޝަރަފުގެ އެވޯޑްހޯދައިފި

DSCN5914-800x600-800x600.jpg

މުސްތަފާ އޭނާގެ ބައްޕައާއެކު - ފޮޓޯ ؛އީވީ

އޭދަފުށީ ޖަންބުމާގެ އާގޭ މުހައްމަދު މުސްތަފާ ހާފިޒުކަމުގެ ޝަރަފް ހޯދައިފިއެވެ.

މުސްތަފާއަށް ހާފިޒްކަމުގެ އެވޯޑާއި އިނާމު ލިބުނު ކަން އިއުލާންކުރީ ޤުރުއާން ކިޔެވުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ވަގުތު މުސްތޮފާ ތައުލީމު ހާސިލުކުރަމުން ގެންދަނީ އިންޑިއާގައި ކަމަށް ވުމުން އެ ރަސްމިއްޔާރަށް މުސްތޮފާ އަށް ހާޒިރުވެވޭ ގޮތެއް ނުވިއެވެ.

މުސްތަފާއާއެކު ޖުމްލަ ހަރް ފަރާތަކުން ހާފިޒު ކަމުގެ ޝަރަފުގެ އެވޯޑާއި އިނާމު މިއަދު ހޯދާފައި ވެއެވެ. އެފަރާތްތަކަށް އެވޯޑާއި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މިއަހަރު ޤުރުއާން ހިތުދަސްކޮށްގެން ޝަރަފުގެ އެވޯޑް ހޯދާފައިވަނީ:

އަހުމަދު ޒާހިރު، ކުރުކުރުމާގެ، ސ. ހިތަދޫ

ނާދިހް އަބްދުލް ހަމީދު، މާބަގީޗާގެ، ލ. މާވަށް

އަހުމަދު ނަބީހު، ނާދީ، ނ. މާފަރު

ޝަރީފާ މުހައްމަދު ދީދީ، އަރިވަރު، ސ. މީދޫ

މައިސަން ސައީދު، ޑިއާރރެސްޓް، ސ. ފޭދޫ

އަހުމަދު އަހްސަން، ފިނިރޯޅި، ލ. ގަން

މުހައްމަދު މުސްތަފާ، ޖަންބުމާގެއާގެ، ބ. އޭދަފުށި

މިއަދުގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްފައިވަނީ ހަތަރު ފަރާތަކަށެވެ. މައިސަން ސައީދު، އަހުމަދު އަހްސަން އަދި މުހައްމަދު މުސްތަފާ އަށް އެވޯޑް ހަވާލު ނުކުރެވުނީ އެ ފަރާތްތައް ރަށުގައި ނެތުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އުމުރުން އެންމެ އެގާރަ އަހަރުގެ މުސްތަފާ ވަނީ ފާއިތުވި ރަމަޟާން މަހުއޭދަފުށީ ބޮޑުމިސްކިތުގައި ތަރާވީޙް ނަމާދު އިމާމްވެ ކޮށްދެއްވުމުގެ އިތުރުން ބ.އަތޮޅުގެ ބައެއްރަށްރަށުގައާއި ރ.އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން އެދިގެން އެރަށްރަށުގައިވެސް އިމާމްވެ ތަރާވީޙްނަމާދު ކޮށްފައެވެ. އެތައް ބައެއްގެ އެދުމަށް ޕަބްލިކް ޓީވީސްޓޭޝަންތަކުން ހާފިޒް މުސްތަފާ އިމާމްވެ ތަރާވީހް ނަމާދު ކުރާ މަންޒަރު ލައިވްވެސް ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top