ފަށްކަނޑަން މީހަކާ އިން ދެ މީހަކު 5000 ރުފިޔާއިން ޖުރިމަނާކޮށްފި

img_md_202203060206041646557564.6863.jpeg

ފަށްކަނޑަން ކައިވެނި ކުރި ދެމީހަކު 5000 ރުފިޔާއިން ޖުރިމަނާ ކޮށްފިއެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން، ތިންފަށް ވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށް ކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެއް ކަމަށެވެ. މިފަދަ ހާލަތްތަކުގައި މީގެކުރިން ވެސް ކޯޓުން އަދަބު ކަނޑައަޅައެވެ.

ފެމިލީ ކޯޓުން ބުނީ ވަރި ސާބިތުކުރުމަށް އެދި އެކޯޓަށް ހުށަހެޅި މައްސަލަައެއްގައި ހިމެނޭ ދެ މީހުން، ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ކޮންމެ މީހަކު 5000 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާ ކަމަށެވެ.

މި ގޮތަށް ނިންމީ މި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިންފަށް ވެފައި ވަނިކޮށް ކައިވެނިކޮށްފައި ވުމާއި، ކާވެނީގެ އަގުދު ވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން އަމަލުކޮށްފައިވާ ގޮތަށާއި ކާވެނީގެ އަގުދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި، ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ޝަރީއަތުން ރިއާޔަތްކޮށްފައި ކަމަށް އެކޯޓުން މައުލޫމާތުދެއެވެ. އެގޮތުން އަދަބު ކަނޑައަޅާފައިވަނީ، ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެފަރާތުން ރާވައިގެން ކައިވެނި ކޮށްފައިވާ ކަން އެނގޭތީ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން، ތިންފަށް ވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށް ކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެއް ކަމަށެވެ. މިފަދަ ހާލަތްތަކުގައި މީގެކުރިން ވެސް ކޯޓުން އަދަބު ކަނޑައަޅައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top