ނަމުން ކުޑަޔަސް، ކުޑަރިކިލަށް މުއިއްޒު ދެއްވީ އުންމީދު!

photo-6303053494487202152-y.jpg

މުއިއްޒު މިއަދު ބ. ކުޑަރިކިލުގައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އާބާދީގައި 451 މީހުން ހިމެނޭ ކުޑަރިކިލަކީ ނަމުން ކުޑަ ރަށަކަށް ވިޔަސް ކުޑަރިކިލު ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެއްވުމުގައި ފުރިހަމަ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޑަރިކިލު ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރަށް ރަށަށް ވަޑައިގަތީމަ، އެ ރަށް ރަށުގައި އެތައް ކަމެއް ކުރަން ހުރި ކަމަށެވެ. އެގޮތުން ތައުލީމަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުން ކަމަށް ވިޔަސް، އަދި ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ ދަނޑު އެޅުން ކަމަށް ވިޔަސް، ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިކަންކަމުގައްޔާއި ކުރިމަގަށް ބޭނުންވާ ހުރިހާ ކަމެއްގައި އިޖާބަ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

”ކުރިއަށް އޮތް އިންތިހާބުގައި މި ރަށުން ވެސް ފެނިގެންދާނީ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެންދާ ތަން ކަމުގައި އަޅުގަނޑު ޔަގީން ކުރަން،” އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުޑަރިކިލުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމުގެ އުންމީދު އޮތް ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބަށް ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ވަރުގަދަ އަށް މަސައްކަތްކޮށް، އިތުރަށް ވޯޓު ހޯދޭނެ ގޮތްތައް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކުރީ ރަށްތަކެކޭ އެއްގޮތަށް މުއިއްޒު މި ރަށުގައި ވެސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައި ދެއްވާނެ ކަމަށެވެ. އަދި އުޖާލާ މުސްތަގްބަލަށް ރާއްޖެ ގެންދިއުމުގައި އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top