ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެ ސްކޫލްގެ އަންހެން މުވައްޒަފަކަށް

large_159378985148xosz.jpg

ދެކުނު އަތޮޅެއްގެ ސްކޫލް އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެސްކޫލްގެ އަންހެން މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި މިކަމުގެ ތުހުމަތު ކުރެވެނީ އެސްކޫލްގައި 30 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައުުތު ރީޖަން (ގއ. ގދ. ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަން ވެސް ފުލުހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިދިޔަ ހުކުރު ދުވަހު ކޯޓުން ވަނީ ނިންމައިފައެވެ.

މިހާރު ފުލުުހުންނާއި ޖެންޑާ އާއި ގުޅިގެން އެ މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވެސް ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ސްކޫލެއްގެ މަސައްކަތު މީހަކު ހައްޔަރު ކުރިއެވެ. އެފަހަރު އެ ސްކޫލްގެ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ވެސް ކުރިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލު ތަކަކަށް އަމަލުކުރުމުގެ ގާނޫނުގައިވާގޮތުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުވެއްޖެނަމަ އެ މީހަކު 15 އަހަރާއި 18 އަހަރާ ދެމެދު މުއްދަކަށް ޖަަލަށް ލެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top