މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލްތަކަށް 15މިލިޔަން ރުފިޔާ

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިޔަން ރުފިޔާ ކައުންސިލްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާބެހޭ މައުލޫމާތު ދެމުން އެ މިނިސްޓްރީން މިއަދު ބުނީ ރަމަޟާން މަހާ ދިމާކޮށް މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ވަރު ކައުންސިލްތަކަށް މިހާރުވާނީ އަންގާފައި ކަމަށެވެ.

މިނިސްޓްރީން ބުނީ މިސްކިތްތައް މަރާމާތުކޮށް ނިންމުމަށްފަހު ބިލް ހުށައެޅުމުން ފައިސާ ދޫކުރާނެ ކަމަށެވެ.

“މި ފައިސާ ދޫކުރަނީ 150 ރަށުގެ މިސްކިތް މަރާމާތު ކުރުމަށް. މިސްކިތް މަރާމާތު ކުރަން ހުށަނާޅާ ވަނީ 11 ރަށަކުން.” މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ދޫކުރާ މި ފައިސާ އަށް އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކު ރަށުގެ ދެ މިސްކިތުގެ މަރާމާތުތައް ކުރިއަށް ދާކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަށްރަށުގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އިތުރު 31 މިސްކިތަކަށް 1.5 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަށް މިސްކިތް މަރާމާތު ކުރުމަށް 3 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އައްޑޫ ސިޓީއަށް 3 މިލިއަން ވަނީ ދޫކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top