ދަރިވަރުން މިއަދު ސްކޫލަށް ހާޒިރުވުން މަދު : ތައުލީމީ މަރުކަޒު

16997781_1776732119019997_8091153575835851499_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް. ފޮޓޯ : ބއތމ

މިހާރު ފެތުރެމުންދާ ހުމާއި އިންފުލުއެންޒާ ރޯގާ އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ސްކޫލެއް އެއް ހަފްތާ ބަންދު ކޮށްފައި އަޮތުމަށް ފަހު ރޯގާ ކޮންޓްރޯލް ނުވަނީސް މިހަފްތާ އަލުން ހުރިހާ ސްކޫލް ތަކެއް ހުޅުވުމުން ސްކޫލްތަކަށް ދިޔަ ކުދިންގެ އަދަދު މަދުކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ. އެސްކޫލްގެ އޮފިޝަލަކު ވިދާޅުވީ ބޮޑެތި ކުދިންނަށްވުރެ ޕްރީސްކޫލް ކުދިންގެ ހާޒިރުވުން ވަރަށް ބޮޑަށް މަދު ކަމުގައެވެ.

ނަން ހާމަނުކުރުން އެދި ޕްރީސްކޫލްގެ ބެލެނިވެރިއަކު ބުނީ އޭނާގެ ދަރިފުޅު ސްކޫލަށް ފޮނުވަން ނުކެރުނީ މިރަށުގައިވެސް ރޯގާ ހެސްކިޔާފައި ފެތުރެމުންދާ މި ދަނޑިވަރު ސްކޫލްކަހަލަ ގިން ކުދިން އެއްތަނަކު އެއްވެ އުޅޭ ތަނަކަށް ވާރީ އެއީ ރައްކާތެރިކަމެއް ކަމަށް ނުފެންނާތީއެވެ.

އެހެން ބެލެނިވެރިއަކު ބުނީ އޭނާގެ ގްރޭޑް ހަތެއްގައި ކިޔަވަމުންއަންނަ ދަރިފުޅު ސްކޫލަށް ފޮނުވިކަމަށާ އެކަމަކު އެއީ ކުރާހިތްވި ކަމެއް ނޫންކަމަށެވެ.
” އޭނާއަށް ގެއްލިގެން ހިނގައިދާނެ ފިލާވަޅުތަކަށް ވިސްނާފައި ފޮނުވަން މަޖްބޫރުވީ. “

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މާލޭގެ ސްކޫލްތަކަށްވެސް ކުދިން ފޮނުވާފައިވަނީ ވަރަށް މަދު އަދަދަކަށެވެ. އެގޮތުން  ޖަމާލުއްދީން ސްކޫލް ފަދަ މާލޭގެ ބޮޑެތި ސްކޫލްތަކަށް ތަކުންވެސް 30 ކުދިން ތިބޭ ކްލާސްތަކަށް ހާޒިރުވެފައިވަނީ ފަސް ކުދިން ދިހަ ކުދިން ކަހަލަ ގޮތަކަށް ކަމަށް އެ ސްކޫލްތަކުން ބުނެއެވެ.

މާލޭގެ އެންމެ ދުވަސްވީ ސްކޫލްކަމަށްވާ މަޖީދިއްޔާގައި މިއަދު ކްލާސްތައް ކުރިއަށްގެންދަނީ އެއް ގްރޭޑެއްގެ ފަސް ވަރަކަށް ކްލާސް އެއްކޮށްލައިގެންނެވެ. އެއިން ކޮންމެ ކްލާހެއްގައި 30 ވަރަކަށް ކުދިން ތިބޭއިރު ފަސް ކްލާސް އެއްކޮށްގެންވެސް މިއަދު ހަމަވަނީ ވިއްސަކަށް ކުދިންނެވެ.

މިޑްޓާމް ބަންދަށް ފަހު މިއަދު ސްކޫލުތައް ހުޅުވަން އެޑިއުކޭޝަނުން ނިންމާފައިވާ އިރު އެނިންމުމަށް ބަދަލެއްނުގެނެއެވެ. އެ ނިންމުން ނިންމީ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަވަރާ އިޖްތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top