ފެހެންދޫއާއި ފުޅަދޫގެ ޖެޓީ ހަދަން ބަޔަކާ ހަވާލުކޮށްފި

fehendhoo.jpg

ފެހެންދޫ- އީވި ފޮޓޯ

ލަފާ ފުރުމުގެ ދަތިކަން އެތައް އަހަރުތަކެއް ވަންދެން ތަހައްލަމުކުރަމުން ގެންދިޔަ ފެހެންދޫ އާއި ފުޅަދޫގެ ރައްޔިތުންނަށް މިއަދަކީ އުފާވެރި ދުވަހަކަށް ވެދާނެއެވެ. ސަރުކާރުން އެދެ ރަށުގެ ޖެޓީ ހަދަން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމމްއާރްޑީސީ )އާއި ހަވާލު ކުރެއްވީއެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެރަށާއެކު ޖުމްލަ 6 ރަށެއްގެޖެޓީ ހަދަން އެމްއާރްޑީސީއާއި ހަވާލު ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޖެޓީ ހަދަން ނިންމީ އާބާދީ މަދު، ލަފާފުރުމުގެ ކަންކަން ވަރަށް އާދައިގެ ގޮތަކަށް ހުރި ރަށްތަކެއްގައި ކަމަށެވެ.

“ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނީ، މީހުން އެ ރަށެއްގައި ދިރިއުޅޭ އިރު، އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށް ޖެޓީއެއް ހެދިގެން ދާން ޖެހޭނެ ކަމަށް،” މުއިއްޒު ވިދާޅުވި އެވެ.

ފެހެންދޫއާއި ފުޅަދޫގެ ޖެޓީ ހަދަން ހަވާލު ކޮށްފައިވަނީ ކޮންމެ ރަށެއް 2.2 މިލިޔަން ރުފިޔާ އަށެވެ.

މިނިސްޓަރ ވިދާޅުވި ސޮއި ކުރެވުނު މަޝްރޫއުތައް އެމްއާރްޑީސީއިން ވަރަށް އަވަހަށް ފަށާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ވީހާވެސް ފުރިހަމަކަމާއެކު ނިންމާނެކަމުގައެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްއާރުޑީސީން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލެވެ.

ނިމާލް ވިދާޅުވީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަ ރަށުގެ ޖެޓީ ބޭނުން ކުރެވޭނެ ކަމަށެވެ.

“ކުރިއަށް އޮތް 6-8 މަސްތެރޭގައި އުންމީދު ކުރަނީ އެމްއާރުޑީސީއާ ހަވާލުކުރި މައިގަނޑު ޕްރޮޖެކްޓްތަކުގެ ބޮޑު އަދަދެއް ނިންމާފައި. މަޝްރޫއުތަކުގެ ފޮނި މީރުކަން ލިބޭނެ ކަމަށް،” ނިމާލް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top