އެންމެ ރެއަކުން އޭދަފުށީގައި ތިން ވައްކަން. ވައްކަންކޮށްފައިވަނީ ރަށުން ބޭރު މީހެއް.

aid68957-728px-Increase-Your-Home-Security-Step-16.jpg

ރޭ އޭދަފުށީގައި ތިން ގެއިން އެކަކު ވައްކަންކޮށް ގިނައަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

މި ވައްކަންތައް ކުރިމީހާ އަތުލައިގަތީ ވަގުކަލޭގެ ތިންވަނަ ގެއަށް ވައްކަން ކުރަން ވަދެ އުޅެނިކޮށް އެގޭގެކޮޓަރިއެއްގައި ނިދާފައި ތިބި ދެމަފިރިންގެ ތެރެއިން އަނބިމީހާއަށް ހޭލެވުމާއެކު ފިރިމީހާއަށް ގޮވުމުން ފިރިމީހާ ތެދުވެ އެހުރިގޮތަށް އޭނާގެ ފަހަތުން ދުއްވައިގަތުމަށްފަހުއެވެ.

” އަހަންނަށް ހޭލެވުނު އިރު ވަގުކަލޭގެ ހުރީ ޗާޖަށް ޖަހާފައި އޮތް ފޯނާ ކުޅެން. ގަޑިން އޭރު 12ޖަހަންކައިރިވަނީ. އޭނާ ހަދާގޮތެއް ބަލަން އޮތުމަށްފަހު ފޯނު ހިފައިގެން ދާންއުޅެން ފެށުމުން ފިރިމީހާއަށްގޮވީ. ފިރިމީހާ ހަޅޭއްލަވައިގަތުމުން ވަގުކަލޭގެ ފިލަން ދުއްވައިގަތީ . އެހާހިސާބުން ފިރިމީހާވެސް އޭނާގެ ފަހަތުން ދުއްވައިގެންފައި އަތުލައިގަތީ. ” އެއަންހެންމީހާ ކިޔައިދިނެވެ.

ވަގުކަލޭގެ އަތުލައިގަތްއިރު އޭނާގެ ޖީބުން ފޯނުގެ އިތުރުން ޗާޖަރުވެސް ފެނިފައި ވެއެވެ.
މި މައުލޫމާތު އީވީއާ ހިއްސާ ކުރަމުން ނަން ނުޖެހުމަށް އެދި ފިރިހެންމީހާ ބުނީ ވަގުކަލޭގެ އަތުލައިގަތުމަށްފަހު އެގޭގެ ސީސީ ކެމެރާފުޓޭޖްތައް ބެލުމުން ކޮޓަރީގައި އޮތް ވޮލެޓް ވެސް ނަގާތަން ފެނިފައިވާތީ އެކަމާސުވާލުކުރުމުން ފުރަތަމަ އެ ނުނަގާކަމަށް ބުނި ނަމަވެސް ފަހުން އެކަމަށްވެސް އެއްބަސްވިކަމުގައެވެ. އެކަމަކު 6000ރ.އަށްވުރެ ގިނަ ފައިސާހުރި އެވޮލެޓު އަނބުރާ ދިން އިރު އެއިން ބޮޑުބައެއް މަދުވާތީ އެފައިސާއާބެހޭ ގޮތުން ސުވާލު ކުރުމުން ވަގުކަލޭގެ ހެދީ ދޮގެވެ.  މަދުވި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އަނެއްކާވެސް ފެނުނީ ދެވޮލެޓާއި ރަންފަށެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ. އެއީ އެއްގެއަކުން ވަގަށް ނަގާފައިވާ ދެވޮލެޓްކަމަށާއި ރަންފަށަކީ އެގެއާ އިންވެގެން ހުރި އެހެންގެއަކުން ނަގާފައިވާ ރަން ފަށެއްކަމަށް އޭނާ ބުންޏެވެ.  އެތަނުން އެއްވޮލެޓްގައި 4000 އަށްވުރެ ގިނަ ރުފިޔާ ހުންނާނެކަމަށާއި އަނެއް ވޮލެޓްގައި ފައްސަތޭކައެއްހައި ރުފިޔާ ހުންނާނެކަމަށް ވޮލެޓްގެ ވެރިފަރާތްތަކުން މައުލޫމާތު ދިން ކަމުގައި މިމީހާ ބުންޏެވެ.

މިވައްކަންތައް ކޮށްފައިވަނީ އޭދަފުށްޓަށް އައިސްއުޅޭ ރަށުން ބޭރު މީހެކެވެ.

މިމައްސަލަ ހަމައެވަގުތު ޕޮލިހަށް ހުށަހެޅުމުން ޕޮލިހުން އައިސް ވަގުތުން އޭނާވަނީ ބިޑި އަޅައިގެން ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ މިހާރުދަނީ އޭދަފުށީ ޕޮލިސްސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top