”ކުލުނުހިޔާ “އަށް ދިރާގުން އެއްލައްކަރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި

3.jpg

ދިރާގުގެ ފަރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ހިންގާ "ކުލުނުހިޔާ " އަށް އެހީ ހަވާލުކުރުމަށް މިއަދު އޮތް ރަސްމިއްޔާތު.

ޚާއްސަ އެހީއަށްބޭނުންވާކުދިންނަށް ކިޔަވައިދިނުމަށް ބ.އަތޮޅު ތައުލީމީމަރުކަޒުގެ ފަރާތުން ހިންގާ “ކުލުނުހިޔާ ” އަށް އެކުދިންގެ ކިޔެވުން ތަރައްގީކުރުމަށް އެއްލައްކަ ރުފިޔާގެ ތަކެތި ދިރާގުން މިއަދު ހަދިޔާ ކޮށްފިއެވެ.

ސްކޫލްގެ ފަރާތުން މި އެހީއާ ހަވާލުވެލެއްވީ ޕްރިންސިޕަލް އަހްމަދު ރަފީއުއެވެ. ދިރާގުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ އެކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ އަލީރިޔާޒްއެވެ.

އެހީދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުން ބުނީ މިފަދަ އެހީތަކަކީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެދަށުން ކުރެވޭ ވަރަށް މުހިއްމުކަމެއް ކަމުގައެވެ.

އެހީއާ ހަވާލުވުމަށްފަހު ސްކޫލްގެ ފަރާތުން ވާހަކަދައްކަވަމުން ޕްރިންސިޕަލް ރަފީއު ވިދާޅުވިގޮތުގައި ދިރާގުން މިއަދު ހަދިޔާ ކުރެއްވި ތަކެއްޗަކީ ކުލުނުހިޔާ އަށް މި ވަގުތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ތަކެތި ކަމަށާއި މިތަކެތި ލިބުމުން އެކްލާސްތައް ހިންގުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމުގައެވެ. އެކަމަށްޓަކާ އޭނާ ދިރާގަށް ޝުކުރު އަދާކުރެއްވިއެވެ.

DSC_5185

ޚާއްސައެހީއަށް ބޭނުވާކުދިންނަށް ކިޔަވައިދިނުމަށް ވަކި ކްލާހެއް ހަދައިގެން ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭން ފަށާފައިވަނީ 2014ވަނަ އަހަރުއެވެ. އެކްލާހުގައި 12 ދަރިވަރުން ކިޔަވަމުންދާއިރު އެކުދިންނަށް ކިޔަވައިދިނުމަށް ޚާއްސަ ތަމްރީނުވެފައި ތިބި ދެ ޓީޗަރުން ތިއްބަވައެވެ.

ދިރާގުން މިއަދު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ކޮމްޕިއުޓަރ ސިސްޓަމާއި ޓެބްލެޓްސްއާއި ތެރަޕީ ބޯލްސް ގެ އިތުރުން ބައިސްކަލާއި ވޯޓަރޕޫލާއި ބީންބޭގް އަދި ވާހަކަފޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top