އޭދަފުށީގައި ޔުނިވަސިޓީ ކެމްޕަހަކާއި ތެޔޮ ވިއްކުމަށް ބިން ދޫކުރަނީ

DSCN9884.jpg

އޭދަފުށި --އީވީ ފޮޓޯ

އޭދަފުށީގައި ޔުނިވަސިޓީ ކެމްޕަހަކާއި ތެޔޮ ވިއްކުމަށް އެއްވެސް އަގަކާ ނުލައި ހަަމަހިލޭ ސާބަހަށް ދެ ބިމެއް ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ

ރަށު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެޕްރީލް 19 ގައި ބޭއްވި ކައުންސިލްގެ 198 ވަނަ ބައްދަލުވުމުގަ އެވެ.

ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްޤީ ކުރުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް ރަށުގެ އިރުމަތީ ސަރަހައްދު ސްޓޭޑިއަމާ ދިމާ ދެކުނު ސަރަހައްދުން ދޭން ނިންމާފައިވަނީ 21,182 އަކަފޫޓުގެ ބިމެކެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއަށް ތެޔޮ ވިއްކަން ދޫކުރަން ނިންމާފައިވަނީ 10,000 އަކަފޫޓުގެ ބިމެކެވެ. މި ބިން ދޫކުރަން ނިންމާފައިވަނީ އުތުރު ފަރާތު ބަނދަރު އިރުމަތީ ސަރަހައްދުން 25 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްވެސް އަގަކާ ނުލައި ހިލެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top