އިޓަލީގެ ގައުމީޓިވީއިން ދިވެހިމަސްހުނިމޮޑޭގޮތް ދައްކާލައިފި

އިޓަލީގެ ގައުމީ ޓީވީއިން ގެނެސްދިން ޝޯ

އިޓަލީގެ ގައުމީ ޓީވީއިން ގެނެސްދިން ޝޯ

ދިވެހި ރަހަތައް ބޭނުންކޮށްގެން ދިވެހި މަސްހުނިމޮޑޭގޮތާ އޭގެރަހަ އިޓަލީގެ ގައުމީޓީވީ ރާއި1 އިން ދައްކާލައިފިއެވެ.

މިމަހުގެ އެއްވަނަދުވަހު ރާއިޓީވީއިން މިޕްރޮގްރާމް ދައްކާފައިވަނީ އިޓަލީގެ 29 އަހަރުގެ ކްލޯޑިއާއާއި އޭނާގެ މަންމަ ދިވެހިރަހަތައް ހިމަނައިގެން ލިޔެފައިވާ ފޮތެއްކަމުގައިވާ “ދަ ޓޭސްޓް އޮފް މޯލްޑިވްސް” އާބެހޭގޮތުން ޕްރޮގްރާމްގެ ބެލުންތެރިންނަށް ފޮތާބެހޭ މައުލޫމާތު ދެމުންނެވެ.

މިޕްރޮގްރާމްގައި މި ދެއަންހެނުންގެ އިތުރުން ދިވެހި ދެ އަންހެންކުދިންވެސް ބައިވެރި ވިއެވެ. މަސްހުނި މޮޑޭގޮތް ދައްކައިދީފައިވަނީ މިތަނުން އެއްކުއްޖެކެވެ.

މިފޮތް ލިއުމުގެކުރިން ކްލޯޑިއާވަނީ “މޯލްޑިވްސް އޮލްޓަނޭޓިވް” ކިޔާ ވެބްސައިޓެއް ހަދައި ދިވެހީންގެ ދިރިއުޅުންހުންނަގޮތާ ދިވެހީން ކައިއުޅޭ ތަކެއްޗާ އެތަކެތީގެރަހަތަކާ ބެހޭގޮތުން އެ ވެބްސައިޓްގައި ލިޔަންފަށާފައެވެ.

ކްލޯޑިއާ

ކްލޯޑިއާ

“ޓޭސްޓްއޮފް މޯލްޑިވްސް ” ގެ ފެށުމަކީ މިއީކަމުގައި ބުނަމުން މިފޮތް ލިޔެފައިވަނީ އޭނާ ރާއްޖެއައިސް ވ.ކެޔޮދޫގައި އެއްހަފްތާވަންދެން ކުރި މަސައްކަތާއެކު އެރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކުގައި ކަމަށް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top