ރާއްޖޭގެބާޒާރުގައި ވިއްކަންހުންނަ ބޭބީވޯޓަރއަކީ ކުޑަކުދިންނަށް ޚާއްސަފެނެއްނޫން

BHG148_water-best-worst-drinks_FS.jpg

ކުޑަކުދިންނަށް ޚާއްސަ އުފެއްދުމެއްގެ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ ބޭބީވޯޓަރ އަކީ ކުޑަކުދިންނަށް ޚާއްސަ ފެނެއްނޫންކަމުގައި ފުޑްއެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނެފިއެވެ.

އެފްޑީއޭއިން ބުނީ ބޭބީވޯޓަރގެ ނަމުގައި ބާޒާރުގައި ވިއްކަންހުންނަ ޕްރޮޑަކްޓްތައް ދިރާސާކޮށް ބެލުމަށްފަހު އެދިރާސާތަކުން ދައްކާގޮތުގައި އެފެނަކީ ކުޑަކުދިންނަށް ޚާއްސަ އުފެއްދުމެއްނޫންކަމުގައެވެ.

“ލޭބަލްގައި ބޭބީވޯޓަރ ލިޔެ ޅަފަތުގެކުދިންގެ ފޮޓޯހުރުމަކީ އާއްމުންނަށް އޮޅުންއަރާފަދަ މައުލޫމާތެއްކަމުން ކުޑަކުދިންނަށް ޚާއްސަ އުފެއްދުމެއްގެ ގޮތުގައި މިފެން މާކެޓްކޮށް ވިއްކުމަކީ މުދާ ގަންނަފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެދަށުން މަނާކަމެއް” ކަމުގައި އެފްޑީއޭއިން ބުނެފައިވެއެވެ.

ކުޑަކުދިންނަށް ޚާއްސަ ފެނެއްކަމުގެ ބަދަލުގައި އެ ފެން އާއްމު ބޯފެނެއްގެގޮތުގައި ލޭބަލް ބަދަލުކުރުމަށްފަހު ވިއްކުމަކީ މައްސަލައެއް ނޫންކަމުގައިވެސް އެފްޑީއޭއިން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top