އާބާދީގެ ބޮޑު އިންސައްތަ އެއް، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވޭ

hvb-5.jpg

ވޯޓުލެވޭ މީހުންގެ އާބާދީގެ 44 އިންސައްތަ އަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުންކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ )އިން ބުނެފި އެވެ.

އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ވޯޓްލާ މީހުންގެ ތެރެއިން 20.4 އިންސައްތަ މީހުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން ވޯޓްލެވޭ އާބާދީގެ 13.7 އިންސައްތަ މީހުން ޕީޕީއެމަށް ނިސްބަތްވާ އިރު، ޖުމްހުރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ މީހުންގެ ނިސްބަތަކީ 8 އިންސައްތަ އެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް 3.7 އިންސައްތަ، އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 3.5 އިންސައްތަ ނިސްބަތްވާ އިރު، ދަ ޑިމޮކްރެޓްސް ނިސްބަތްވާ މީހުންގެ ނިސްބަތަކީ 1.2 އިންސައްތަ އެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީއެންސީ އާއި ސިޔާސީ ހަރަކާތެއް ނުފެންނަ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ނިސްބަތްވަނީ 1އިންސައްތަ އެވެ.

ވޯޓުލެވޭ މީހުންގެ އާބާދީގެ 43.9 އިންސައްތަ މީހުން ޕާޓީއަކަށް ނިސްބަތްނުވާ އިރު އިންތިޚާބު ނަތީޖާ ކޮންމެ ކޮޅަކަށްވެސް ބުރަވުމުގައި ޕާޓީތަކަށް ނިސްބަތްނުވާ މީހުންގެ ވޯޓް މުހިއްމު ދައުރެއް އަދާކުރާނެ އެވެ.

ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު އިރު، މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން 36-65 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ ޖުމްލަ 143،609 މީހުން ނުވަތަ 50.8 އިންސައްތަ އެވެ.

މާދަމާގެ ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top