“ދަސްވާރު”ޕްރޮގްރާމަކީ ހަރުދަނާކުދިން މުޖްތަމައަށްނެރުމަށް ހިންގާ ވަރަށްރަނގަޅު ޕްރޮގްރާމެއް. ޑރ.އައިޝަތު ޝިހާމް

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް މިއަދުގެ ބައްދަލު ވުމުގައި .   ފޮޓޯ : ސަން

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް މިއަދުގެ ބައްދަލު ވުމުގައި . ފޮޓޯ : ސަން

އެއްވެސްކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތުގެދަށުން ސަރުކާރުންހިންގާ “ދަސްވާރު” ޕްރޮގްރާމަކީ ހަރުދަނާ ކުދިންތަކެއް މުޖްތަމައަށްނެރުމަށް ސަރުކާރުންހިންގާ ވަރަށްރަނގަޅު ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަންމިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރވިދާޅުވީ މިދިޔައަހަރު ޕައިލެޓްކުރެވުނު ދަސްވާރު ޕްރޮގްރާމްގައި މާލޭ ސަރަހައްދުން 180 ކުދިން ބައިވެރިވެ ތަމްރީނު ހަދަމުން އަންނަ ކަމަށާއި މި ދަރިވަރުންނަށް ޓޫރިޒަމާއި ދަތުރުފަތުރުގެ ދާއިރާއާއި ސިއްހީދާއިރާފަދް ދާއިރާ ތަކުން ތަމްރީނު ދެވެމުންދާކަމުގައެވެ.

ދަސްވާރު އަދި ބީޓެކް ކިޔަވާކުދިންނަށްދެވޭ ސެޓްފިކެޓަކީ ޖީސީއީ އޯލެވެލް ފެންވަރުގެ ސެޓްފިކެޓެއްކަމަށާއި ،މިކުދިންވެސް ދިވެހި އިސްލާމް މެތްސް އަދި އިނގިރޭސިޓެސްޓްގައިވެސް ބައިވެރިވާނެއެވެ.

މި ޕްރޮގްރާމް ހިންގަނީ މާލޭސަރަހައްދުގައި ކަމަށްވިޔަސް މިހާރު ރާއްޖޭގެހުރިހާ ސްކޫލެއްގައިވެސް މި ޕްރޮގްރާމް ހިންގާ ގޮތަށް ހަމަޖައްސައިފިކަމަށް މިނިސްޓަރ ވިދާޅުވަމުން މިހާރު މިޕްރޮގްރާމްގައި 1000އަށްވުރެ ގިނަދަރިވަރުން ބައިވެރިވެއްޖެކަމުގައި ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 2017 ވަނަ އޯލެވެލްހަދާ ހުރިހާ ކުދިން ތިންމާއްދާއިން ފާސްވުންކަމުގައިވެސް ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ބީޓެކް އަދި ދަސްވާރު ޕްރޮގްރާމަކީ އެއްވެސްކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމެކެވެ. ބޭނުމަކީ ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ނުނެރެވޭ ކުދިންނަށް ވަޒީފާހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ވަޒީފާ ނުލިބޭކުދިންގެ އަދަދު މަދުކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top