ޖޫހީ ޗައުލާ ލަނޑާގިރާވަރުގައި

Du7VWm5WsAAKBeP.jpg

80ގެ ފަހުކޮޅުން ފެށިގެން 90ގެ އަހަރުތަކުގައިވެސް ބޮލީވުޑްގައި ރަނިކަން ކުރި ބަތަލާ ޖުހީޗައުލާ ބ.އަަތޮޅުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރުގައި އާއިލާ އާއެކު ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ޖޫހީ 51، ލަނޑާގިރާވަރަށް އައިސްފައިވަނީ  މިއަދުގެ ވަގުތެއްގައެވެ.

ޖޫހީގެ އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ފޭނުންނާ ވަނީ ހިއްސާކޮށްފައެވެ. އަދި ލަނޑާ ގިރާވަރުގައި ނަގާފައިވާ ބައެއް ފޮޓޯތައްވެސް އޭނާ ވަނީ އިންސްޓަގްރާމު މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފައެވެ.

ޖޫހީ ހިންދީ ފިލްމީ ދުނިޔެއަށް ނުކުމެފައިވަނީ ފިލްމު “ސުލްތާނަތު” އިންނެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އާމިރު ޚާން އާއެކު ކުޅެފައިވަ ފިލްމް ‘ގަޔާމަތުސޭ ގަޔާމަތު ތަކް’ އިންނެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ، 2016 ވަނަ އަހަރު “ޗޯކް އެންޑް ޑަސްޓާ”އެވެ.

ޖޫހީ ، ޖޭ މެހެތާއާއި ކައިވެނި ކޮށްފައިވަނީ އަލަށެވެ. ޖޭ މެހެެތާ ވަނީ ޖޫހީގެ ކުރިން އެހެން މީހަކާ ކައިވެނި ކޮށްފައެވެ. މިހާރު މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާ އިރު އޭނާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ އާއި ދަރިންނާއެކުއެވެ.

ޖޫހީވަނީ ހިންދީ ފިލްމްތަކުގެ އިތުރުން ޕަންޖާބީ، ބަންގާޅީ އަދި ތަމަޅަ ފިލްމުތައް ވެސް ކުޅެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top