ޖަމިއްޔާ ތަކަށް އެހީވުމަށް ”ދިރާގު ނައު އެމްވީ“އެޕް ވަރަށް ފަސޭހަ

IMG_20201021_061243172.jpg

ދިރާގު-އޭދަފުށި ބްރާންޗް/ އީވީ ފޮޓޯ

ދިރާގުން އަލަށް ތައާރަފުކުރި ލައިފްސްޓައިލް އެޕްލިކޭޝަން “ނައުއެމްވީ” ބޭނުންކޮށްގެން  ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތް ތަކަށް އެހީވާން ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން ތައާރަފުކުރި މި ހާއްސަ ފީޗާ ބޭނުންކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިންތަކަށް ވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގޮތުން ނައުއެމްވީ އެޕްގައި މިވަގުތު ހަތަރު އެންޖީއޯއެއް ލިސްޓުކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މީގެ ތެރެއިން ކޮންމެ އެންޖީއޯއަކުން ވެސް ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗާއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ދިރާގު މެނޭޖަރ ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ.

“ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެންޖީއޯތަކާއި އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެންޖީއޯއަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް،” ޝިނާއު ވިދާޅުވިއެވެ.

މީގެ އިތުރުން އެންޖީއޯތަކުން ކުރާ މަސައްކަތްތަކީ ކޮބައިކަން ދެނެގަނެ، އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމުކުރުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާސްތައް އެކުލެވޭ އެޕްލިކޭޝަނެކެވެ.
ދިރާގު ނައުއެމްވީ އެޕް ޑައުންލޯޑް ކުރުމަށް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top